|
1- މައްސަލަތަކަށް މީހުން ވެއްދުމުގެ ކުރިން އަޑުއެހުން ރެކޯޑުކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަން ކަށަވަރުކުރުން.
2- މައްސަލަތަކާއި ގުޅިގެން ޙާޟިރުކުރަންޖެހޭ މީހުން ހަމަވުމުން އެކަން ޤާޟީއަށް ދަންނަވާ ޝަރީޢަތުގެ މަޖިލިހަށް މީހުން ވެއްދުން.
3- މައްސަލައިގެ ފައިލް ޝަރީޢަތް ކުރަން ހަމަޖެހިފައިވާ ކޮޓަރިއަށް ގެންދިއުން.
4- ޝަރީޢަތް އަޑުއަހަން އަންނަ މީހުން ޝަރީޢަތުގެ މަޖިލީހަށް، ޖާގައޮތް މިންވަރަކުން، ނަން ނޯޓު ކުރެވިފައިވާ ތަރުތީބުން އެ މީހުން ވެއްދުން.
5- ޝަރީޢަތުގެ މަޖިލީހަށް ހެކިން ވެއްދުމުގެ ކުރިން އެމީހުން ތިބީ ވުޟޫކޮށްގެންތޯ ބެލުން.
6- ޝަރީޢަތުގެ މަޖިލީހަށް މީހުން ވެއްދުމަށްފަހު، ޤާޟީ ވަދެވަޑައިގެންނެވުމުގެ ދޭންޖެހޭ އިރުޝާދުތަކާއި ބުނެދެންޖެހޭ ކަންކަން ބުނެދިނުން.
7- ހެކި ބަސް ދޭން ގެންނަ ހެކި ވެރިންނާއި މެދު އޮންނަ އުސޫލުގެ ތެރެއިން އިރުޝާދު ދިނުމާއި އިންތިޒާމް ހަމަޖެއްސުން.
8- ޝަރީޢަތުގެ މަޖިލީހުން ނެރޭ މީހުން ކޯޓް މާސްޓަރުންނާ ޙަވާލުކުރުން.
9- ޝަރީޢަތުގެ މަޖިލީހުން ނެރެވޭ މީހަކީ އެ މައްސަލާގައި އިތުރަށް ޙާޟިރުކުރަންޖެހޭ މީހަކަށްވެފައި، އަދި އެމީހަކީ ބަންދެއްގައި ހުރި މީހަކަށް ނުވާނަމަ، ދެން އެ މައްސަލަ ޝެޑިއުލް ކުރެވިފައިވާ ދުވަހަކަށް ކޯޓު އަމުރު ޙަވާލުކުރުން.
10- ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދާ އަޑުއެހުމެއްނަމަ، އަޑުއެހުން ތާވަލުކުރެވިފައިވާ ގަޑީގެ 15 މިނެޓު ކުރިއަށް މީޓިން ކްރިއޭޓްކޮށް، މީޓިންގެ ލިންކު އަޑުއެހުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ފޮނުވާ، މީޓިން ލިންކް ލިބުނުކަން ކަށަވަރުކުރުން.
11- މައްސަލައެއް ސާބިތުވާކަމަށް ޙުކުމްކުރާ ޙާލަތްތަކުގައި ދަޢުވާލިބޭ ފަރާތުގެ މަޢުލޫމާތު ސާފުކުރާ ފޯމު ފުރިހަމަކޮށް ސޮއިކުރުވުން.
12- ސެކްޝަނުގައި ކުރަންޖެހޭ އިދާރީ ހުރިހާ މަސައްކަތްތަކުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރުންނަށް އެހީތެރިވެދިނުން.
13- މައްސަލަތަކާއި ގުޅޭ ނޯޓުތަކާއި މެސެޖްތައް އަދި މައްސަލަތަކާއިގުޅޭ އެހެނިހެން ލިޔުންތައް ކަމާބެހޭ އިދާރާތްތަކަށް ނުވަތަ މީހުންނަށް ފޮނުވުން.
14- މައްސަލަތަކާއި ގުޅޭގޮތުން ރެކޯޑްކުރެވޭ ބަޔާންތައް ސުޕަވައިޒަރު ޙަވާލުކުރައްވާ ގޮތެއްގެ މަތިން ލިޔުން.
15- ސެކްޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ޙާޟިރުނުވާ ދުވަހެއްނަމަ، ސެކްޝަނުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސުޕަވައިޒަރުގެ މަޝްވަރާގެ މަތިންކުރުން.
16- ސެކްޝަނަށް ލިބޭ އެންމެހައި ލިޔެކިޔުންތައް ސްކޭންކޮށް ފައިލްކުރުން.
|