ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މާލެ އިސްރަށްވެހިންގެ ނާދީގެ އިމާތާރުގައި ކަތުރުފަނި ނައްތާލުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް
ވީމާ، މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 17 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައިވާ މަސައްކަތް ކޮށްދޭނެ އަގު، މުއްދަތު ، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޑިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ. މި އިއުލާނާއެކު މަސައްކަތުގެ މައުލޫމާތު ޝީޓް ވާނީ އެޓޭޗްކުރެވިފައެވެ. މި މަސައްކަތުގެ ސައިޓް އިންސްޕެކްޝަން ހެދުމަށް ބޭނުންވާ ފަރާތްތަކުން 17 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 – މެންދުރު 13:00 އާއި ދޭތެރޭ އިސްރަށްވެހިންގެ ނާދީ އަށް ވަޑައިގެންނެވުން އެދެމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
