ދިވެހިރާއްޖެ
އިޢުލާން
ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ފިއްލަދޫ ކައުންސިލް ގުޅިގެން އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ހިޔަލަ ބާޒާރު" ،މި އަހަރު ޑިސެމްބަރ 22 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހިޔަލަ ބާޒާރުގައި ބައިވެރިވުމަށް ބޭނުންވާ ގްރޫޕްތަކާއި ވަކިވަކި ފަރުދުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފޯރމް ފިއްލަދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފޯރމް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ 24 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ކަމުގައި ދަންނަވަމެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ނަންބަރައް ގުޅުއްވުން އެދެމެވެ. ހިޔަލަ ބާޒާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އުޞޫލު މި އިޢުލާނާއިއެކު އާންމު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.
އ.ތ.މ ކޮމިޓީގެ ރައީސާ ހައްވާ ޒަހީރާ 7882488
