ދިވެހިރާއްޖެ
އިޢުލާނު
އދ. ދިއްދޫ ކުނިކޮށި ސަރަޙައްދު ހެދުމަށް ނަގާފައިވާ ރުއްތަކާއި ގޮބުގަސްތައް ނީލަންކިޔުމާ ގުޅޭ
އދ. ދިއްދޫ ކުނިކޮށި އެޅުމަށްޓަކައި އެ ސަރަޙައްދުން ނަގާފައިވާ ރުއްތަކާއި ގޮބުގަސްތައް ނީލަންކިޔުން 24 ނޮވެމްބަރު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.
ވީމާ މިކަމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 24 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 10:00 އަށް ކައުންސިލްއިދާރާ ކުރިމަތީ އޮންނަ ޕާކަށް ދުރުވެދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ރަށުކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، 30 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް އެތަކެތި ނަގައި ސާފުކުރަން ވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.
- 15 ރުއް
- 5 ގޮބު ގަސް
ވީމާ، މިނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.
6 ޖުމާދަލްއާޙިރު 1448
15 ނޮވެމްބަރ 2026
