މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު: (1448ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތަކުގައި ނ.މިލަދޫ ފުރްޤާން މިސްކިތުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރު ޙާފިޡެއް ހޯދުމާ ގުޅޭ)

1448 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތަކުގައި  މިރަށު ފުރްޤާން މިސްކިތުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރު ޙާފިޡެއް ހޯދަންބޭނުންވާތީ، ޙާފިޡުން ގެނެސްދޭން ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރ 2026 ދުވަހުގެ 11:00 ގެ ކުރިން މި ކައުންސިލްގެ މެއިލް [email protected] އަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާއިރު، އިސްލާމިކް މިނިސްޓްރީން ޝާއިޢުކޮށްފައިވާ "ރަމަޟާން މަހުގައި ކުރެވޭ ތަރާވީޙް ނަމާދުގައި އިމާމުކަން ކުރުމަށް ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުޞޫލު" ގެ 03ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން، ބިދޭސީ ޙާފިޡުން ގެނައުމުގެ ހުއްދައަށް އެދޭއިރު ގެންނަން ބޭނުންވާ މީހާއާބެހޭ އަންނަނަވި ލިޔެކިޔުންތަކާއެކު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  1. ޕާސްޕޯޓުގެ ކޮޕީ
  2. ރާއްޖޭގައި ދިރިއުޅޭ ބޭރު މީހެއް ނަމަ، ވަރކް ވިސާ
  3. ރާއްޖޭގައި ދިރިއުޅޭ ބޭރު މީހެއް ނަމަ، ވަރކް ޕަރމިޓް
  4. ޙާފިޡުކަމުގެ ސަނަދު
  5. ވަނަވަރު (ސީވީ)
  6. ދިރިއުޅޭ ޤައުމު ނުވަތަ ނިސްބަތްވާ ޤައުމު ދޫކުރިތާ 03 (ތިނެއް) މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް
  7. ސުންނަތް ޖަމާޢަތުގެ މީހެއްކަން އަންގައިދޭ ލިޔުން
  8. ޢިލްމު އުނގެނުނު މަރުކަޒަކުން ނުވަތަ އެ ތަނެއްގައި އިސްލާމްދީނުގެ ކަންކަން ބަލަހައްޓާ ރަސްމީ އިދާރާއަކުން އޭނާގެ ސުލޫކާއި އަޚްލާޤު ބަޔާންކޮށްދޭ ދީފައިވާ ލިޔުން.

 

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

        07 ޖުމާދަލްއާޚިރާ 1448

        16 ނޮވެމްބަރ 2026

16 ނޮވެންބަރު 2026
ހޯދާ