ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިނޭ ކައުންސިލް އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ފިނޭ ކައުންސިލް ވޮލީ މުބާރާތް 2026" ގައި ރެފްރީކަން ކުރާ ފަރާތްތަކުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ފިނޭ ކައުންސިލް ވޮލީ މުބާރާތަށް ގެނެވޭ ރެފްރީންގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދޭނެ އަގު ހިމަނައި، ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

މަސައްކަތު ތަފްސީލް:

  1. 03 ފަރާތަކަށް 04 އިރުގެ ކެއުން ( ހެނދުނު، މެންދުރު، ހަވީރު އަދި ރޭގަނޑު) ގެ ކެއުން ހަމަޖެއްސުން ( 10 ދުވަސް)
  2. ކެއުން ހަމަޖައްސާ ފަރާތުން 03 މީހުންނަށް އެއްތަނެއްގައި ކެވޭނެ އިންތިޒާމް ހަމަޖައްސަވަންވާނެއެވެ.
  3. 03 ކޮޓަރި ހަމަޖެއްސުން ( 10 ދުވަސް)
  4. ކޮންމެ ކޮޓަރިއަކަށް 1.5 ލީޓަރ ގެ ފެން ކޭހެއް ފޯރުކޮށްދޭންވާނެއެވެ.
  5. އަންނައުނު ދޮވެ އިސްތިރި ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަންވާނެއެވެ.

ކޯޓޭޝަން ހުށަހެޅުމާއި، ކެނޑުން:

ތަފްސީލް

ތާރީހް

ދުވަސް

ވަގުތު

ތަން

އެކަމަޑޭޝަން އަދި ކެއުމުގެ ކޯޓޭޝަން

23 ނޮވެމްބަރ 2026

ހޯމަ

13:00

ހދ ފިނޭ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ

 

 

 

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނަމިކް ޑިވަލޮޕްމަންޓްގެ ޤާނޫން ނަންބަރ 18/2014 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި ޤާނޫން ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި އަދި އަމިއްލަ ފަރުދުންނަށެވެ.

 މި މަސައްކަތާއި ގުޅިގެން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. އަގު ހުށަހަޅާ ފޯމް މި އިއުލާނާއެކު އާންމުކުރެވިފައިވާނެއެވެ. މި ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ 6520027 ނަންބަރު ފޯނަން ގުޅުއްވުން އެދެމެވެ.

16 ނޮވެންބަރު 2026
ހޯދާ