ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާސާރީ ތަންތަނުގެ ބައުންޑަރީ ވަކިކުރުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2026/60

ތާރީޚް

‏ 22 ޖުމާދިލްއާޚިރާ 1448

 15 ނޮވެމްބަރ 2026

އާސާރީ ތަންތަނުގެ ބައުންޑަރީ ވަކިކުރުން

 

             މިކައުންސިލުންދޭ މަޢުލޫމާތާ ކުރެހުމާ އެއްގޮތަށް ތިރީގައި މިދަންނަވާ އާސާރީ ތަންތަނުގެ ބައުންޑްރީ ވަކިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  1. ބޮޑު ހަވިއްތަ
  2. ގަލަމިސްކިތް
  3. ތުންޑޭ ޒިޔާރަތް
  4. ކާންޒީ ކަމަނާ ވެވު

           ވީމާ،މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ރެޖިސްޓްރޭޝަން ފީދެއްކި ސްލިޕް އާއެކު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޯމާއެކު ދައްކަންޖެހޭ އިދާރީ ފީ ދެއްކުމުންނެވެ.

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

23 ނޮވެމްބަރ 2026

ހޯމަ

14:00

ޕްރީބިޑް މީޓިންގް ބޭއްވުމުގެ ސުންގަޑި

25 ނޮވެމްބަރ 2026

ބުދަ

10:00

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި

30 ނޮވެމްބަރ 2026

ހޯމަ

14:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

 

                                                                       ލަމްއާން ވަޙީދު

                                                                     ކައުންސިލްގެ ރައީސް                                                          

15 ނޮވެންބަރު 2026
ހޯދާ