އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުމާއި ގުޅޭ:

ކައުންސިލްގެ ނަންބަރ (Y)2026/05-03 (04 ޖޫން 2026) ޖަލްސާއިން ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ބިން ދޫކުރުމަށް ނިންމަވާފައިވާތީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިން ކުއްޔަށް ނެގުމަށްއެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

ބިމާއި ބެހޭ އިތުރު ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މަޢުލޫމާތު: ދޫކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ ކުނިގޮނޑު ސަރަހައްދުން 4 (ހަތަރެއް) ޕްލޮޓް އެވެ.  (ދޫކުރުމަށް ހަމަޖެހިފައިވާ ޕްލޮޓް ތަކުގެ ކުރެހުން ޖަދުވަލް 1 ގައި ހިމެނިފައިވާނެ)
  2. ދޫކުރެވޭނެ ބިމުގެ ބޮޑުމިން: 1000 (އެއް ހާސް) އަކަފޫޓު.
  3. ބިން ދޫކުރާ މުއްދަތު: 1 (އެކެއް) އަހަރު
  4. ހުށަހެޅޭނެ އެންމެ ކުޑަ އަގު: އަކަފޫޓަކަށް 0.80 (އަށްޑިހަ) ލާރި
  5. ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތް:
  • އަގު: %50
  • ތަޖުރިބާ:  40%
  • ސީ.އެސް.އާރް:
  • ސީ.އެސް.އާރްގެ ގޮތުގައި ހުށަހެޅޭނީ ހަމައެނި ފައިސާ އެވެ.
  • ސީ.އެސް.އާރްގެ ގޮތުގައި މަދުވެގެން -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ހުށަހަޅަންވާނެއެވެ.
  • އެގްރިމަންޓުގައި ސޮއި ކުރުމުގެ ކުރިން ސީ.އެސް.އާރްގެ ގޮތުގައި ހުށަހަޅާ ފައިސާ ކައުންސިލަށް ދައްކަންވާނެއެވެ.
  1. ފޯމު ހުށަހަޅަންޖެހޭ މުއްދަތު: ހެނދުނު 9:00 އިން ފެށިގެން 30 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް
  2. މި އިޢުލާނުގެ ދަށުން ބިން ނެގުމަށް އެދި ހުށަހެޅޭނީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
  • އުކުޅަހު ރައްޔިތެއްކަމުގައިވުން.
  • ކައުންސިލްގެ މަސައްކަތްތެރިންގެ ދަފްތަރުގައި ލޮނުމަސްވެރިކަން ކުރާ ފަރާތެއްގެ ގޮތުގައި ރެޖިސްޓަރ ކުރެވިފައިވާ ފަރާތެއް ކަމުގައިވުން.
  • ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ފަރާތެއް ކަމުގައިވުން.
  • ރެޖިސްޓަރ ކުރެވިފައިވާ ވިޔަފާރިއެއް ކަމުގައިވުން.
  1. ހުށަހަޅަންޖެހޭ ލިޔެކިއުން
  • ·        ބިޒްނަސް ރެޖިސްޓްރޭޝަންގެ ކޮޕީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ އިންފޮމޭޝަން ޝީޓް
  • ·        ކައުންސިލަށް ދައްކަންޖެހޭ ފައިސާއެއް ނެތް ކަމުގެ ލިޔުން (ނޯ ޑިއު ލެޓަރ)
  • އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއްނަމަ، އެ ވިޔަފާރިއާއި އަދި ވެރިފަރާތުގެ ނަމުގައި ކައުންސިލަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމުގެ ލިޔުން.
  • ކުންފުންޏެއްނަމަ، ކުންފުނި، ކުންފުނީގެ ދަށުގައި ހުރި ވިޔަފާރި ތަކުގެ އަދި ކުންފުނީގެ ޝެއަރ ހޯލްޑަރސްގެ ނަމުގައި ކައުންސިލަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމުގެ ލިޔުން.
  1. އެހެނިހެން
  • އެއް ފަރާތަކަށްވުރެ ގިނަ ފަރާތްތަކުން އެއް ޕްލޮޓަށް ކުރިމަތިލާފައިވާނަމަ، ބިން ދޫކުރެވޭނީ ހުށަހަޅާފައިވާ ފޯމް އިވެލުއޭޓްކޮށް އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތަކަށެވެ. އަދި މާރކްސް އެއްވަރު ވެއްޖެ ހާލަތެއްގައި ބިން ދޫކުރާނެ ފަރާތް ކަނޑައަޅާނީ އެ ބިމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ނެގޭ ގުރުއަތަކުންނެވެ.

        ވީމާ ބިން ނަގަން ބޭނުންވާ ފަރާތްތަކުން "ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ބިންތަކަށް އެދި ހުށަހަޅާ ފޯމް" މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމް ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.

                ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ނޮވެންބަރު 2026
ހޯދާ