ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތު ފެމެލީ އެންޑް ވެލްފެއަރ (އެފް.ސީ.އެސް.ސީއިން) އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ކެއަރ ވޯކަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް" ގެ 6 ބެޗުގެ ކޭޓަރިންގ ޚިދުމަތްފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)23-PD(PMS)/23/2026/332 (30 ސެޕްޓެމްބަރ 2026) އިއުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވާ އެއްވެސް ފަރާތެއް ކޮލިފައިވެފައި ނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 15 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހުން ފެށިގެން 23 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 ނޮވެންބަރ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 26 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި މި މަސައްކަތަށް ރެޖިސްޓަރ ކުރެވިފައިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް (މައުލޫމާތު ސެޝަން) ބައްދަލުވުން 25 ނޮވެންބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ޓީމްސް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
06 ޖުމާދުލް ޢާޙިރު 1448
