މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1448 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

1448 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

 

            1448 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ 4 (ހަތަރު) ޙާފިޡުން ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

މަސައްކަތުގެ ތަފްޞީލް       

 

  1. ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
  2. ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  3. ޙާފިޡު ރާއްޖެ ގެނައުމާއި ބ. އޭދަފުއްޓާއި ހަމައަށް ގެނެސްދިނުން.
  4. ޙާފިޡު މާލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާ ކެއުން ހަމަޖެއްސުން.
  5. ރަމަޟާން މަސް ނިމުމުން، ޚިދުމަތަށް އެދޭ ފަރާތަށް ފޯރުކޮށްދިން ޙާފިޡުން އެރަށަކުން އަނބުރާ މާލެ ގެނެސް އެބޭފުޅުންގެ ޤައުމަށް ފޮނުވާލުން.
  6. ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.
  7. ޙާފިޡުންނަށް މޯބައިލް ސިމްކާޑާއި އިނީޝިއަލް ރީޗާރޖް އެލަވަންސް ދިނުން.
  8. ޙާފިޡުންނަށް ދޭ އެލަވަންސް އަދި އެހެނިހެން އިނާޔަތްތައް ހަމަޖެއްސުން
  9. ތަރާވީޙް ނަމާދުކުރުމަށް ގެނެވޭ ޙާފިޡުން އެންމެ ލަސްވެގެން 2027 ފެބްރުވަރީ 05 ވާ ހުކުރު ދުވަހު ބ. އޭދަފުށީގައި ތިބެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ މަސައްކަތް ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
  10. ޙާފިޡުން ގެނައުމުގެ އިންތިޒާމް ހަމަޖައްސަންވާނީ، ޙާފިޡުން ގެނައުމުގެ ކުރިން ޙާފިޡުން ކިޔެވުމުގެ ރެކޯޑިން މި އިދާރާއިން ކަނޑައަޅާ ފަރާތަކާއި ހަވާލުކޮށް ޙާފިޡުންގެ ކިޔެވުމާއި މެދު ކައުންސިލުން ދެކޭ ގޮތަށް ރިއާޔަތްކުރުމަށްފަހުއެވެ.

 

    މި ބިޑާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2026 ނޮވެމްބަރު 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން ލިޔުމަކުން މި ކައުންސިލަށް ފޮނުވާދިނުން އެދެމެވެ.

 

 

ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ކޯޓޭޝަން / އެސްޓިމޭޓް
  2. ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓް
  3. އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ، އައިޑީ.ކާޑު ކޮޕީ

 

ބީލަން އިވެލުއޭޓް ކުރުން

 

#

ތަފްޞީލް

1

މަސައްކަތް ހުށަހަޅާ އަގު: (90 ޕޮއިންޓް)

(Benchmark Price / Submitted Price) x Allocated Percentage

 

2

މަސައްކަތުގެ ތަޖުރިބާ (10 ޕޮއިންޓް)

އެންމެ ގިނަ މާކްސް ލިބޭނީ މިފަދަ މަސައްކަތްތައް ކޮށްފައިވާކަމަށް ލިޔުމުން އެންމެ ގިނަ ލިޔުންހުށަހަޅާ ފަރާތަކަށް

 

ތަޖުރިބާގެ ލިޔުންތައް ކަމަށްބަލައި ޕޮއިންޓްދެވޭނީ މިފަދަ މަސައްކަތްތަކަށް 01 ޖަނަވަރީ 2024 ވަނަ ދުވަހުން ފެށިގެން ބީލަން ހުށަހަޅާ ދުވަހާއި ހަމައަށް ކޮށްފައިވާ މަސައްކަތްތަކަށް ދޫކޮށްފައިވާ ލިޔުންތަކަށެވެ.

 

ބީލަން ހުށައެޅުން

 

          ބީލަން ހުށައެޅުން އޮންނާނީ 2026 ނޮވެމްބަރު 24 ވާ އަންގާރަ ދުވަހުގެ 11:30 ގައި ބ. އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލއިނުގަންނާނެކަމާއި، އަދު މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

         މި ބީލަމުގައި ބައިވެރިވެވަޑައިގެނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           05  ޖުމާދަލްއާޚިރު  1448ހ

15 ނޮވެންބަރު 2026
ހޯދާ