ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
2027 ވަނަ އަހަރަށް ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

2027 ވަނަ އަހަރަށް ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

01 ޖަނަވަރީ 2027 އިން 31 ޑިސެމްބަރު 2027 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

 

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 15 ނޮވެމްބަރ 2026 އިން 18 ނޮވެމްބަރ 2026 އަށް ބަންދުނޫން ދުވަސްތަކުގެ 08:00 އިން 14:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

މި ބީލަމާއިގުޅޭ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ފޯން ނަމްބަރަށް ގުޅުއްވުމުން  މަޢުލޫމާތު ސާފުކުރެވޭނެއެވެ.

 

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  23 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި ޙާފިޒް އަޙްމަދު ސްކޫލުގެ މީޓިންގ ރޫމުގައެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުރމެންޓް ސެކްޝަން

ޙާފިޒް އަޙްމަދު ސްކޫލް

ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ.

ފޯން:  9320911 / 7507901

އީ-މެއިލް: [email protected]

 

15 ނޮވެންބަރު 2026
ހޯދާ