ދިވެހިރާއްޖެ
މިހާރަކަށް އައިސް މިރަށުގެ ދިރިއުޅޭ ބައެއް ގޭގޭގެ މަގުމައްޗަށާއި، ގެވަޅުތަކާ ގުޅިފައިވާ މަގުތަކާއި، ގޯޅިތަކަށް އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާ ގޮތަށް ވެލިފުނިތައް ޖަހަމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. މިކަމުގެ ސަބަބުން ރަށުގެ ޢާންމު މަޞްލަޙަތު ގެއްލި ޙައްލު ކުރުމަށް ދަތި އުނދަގޫ އެކި މައްސަލަތަކާ މި ކައުންސިލަށް ވަނީ ކުރިމަތި ވެފައެވެ. އަދި، މިކަންކަން މިދެންނެވި ގޮތަށް ނުކުރުމަށް ވާނީ އެކިފަހަރު މަތިން ރައްޔިތުންނަށް އަންގާ ނަސޭހަތްތެރި ވެފައެވެ.
ވީމާ، މިއަދު 10 ނޮވެމްބަރ 2026 ވަނަ ދުވަހުން ފެށިގެން ހއ. ބާރަށުގެ އެއްވެސް މަގަކާއި، އެމަގަކާ ގުޅިފައިވާ އެއްވެސް ގޯޅިއަކަށް އެއްވެސް ބާވަތެއްގެ ވެލި، ލަކުޑި، އެޅިގާ، ހިލަ، ހިލަވެލި، ސިމެންތި އަޅާ ބަހައްޓަންވާނީ މި ކައުންސިލުން އެކަމަށް އެދި ހުއްދަ ހޯދުމަށްފަހުގައެވެ. މިއާޚިލާފަށް މަގުތަކާއި، ގޯޅިތަކުގައި ބަހައްޓާފައިވާ މިދެންނެވި ހުރިހާ ތަކެއްޗެއް 10 ދުވަހުގެ ތެރޭގައި އެ ތަންތަނުން ނަގާ ސާފުކުރުމަށް އަންގާ ނަސޭހަތްތެރިވަމެވެ. އަދި، މިދެންނެވި މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ތަކެއްޗާމެދު ޤާނޫނީ އިމުގެ ތެރެއިން މި ކައުންސިލުން އަމަލު ކުރަމުންދާނެ ވާހަކަވެސް ދެންނެވީމެވެ. އަދި، މިދެންނެވި ތަކެތި މި ކައުންސިލުން ނަގަމުންދާއިރު ތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
01 ޖުމާދަލްއާޚިރާ 1448
10 ނޮވެމްބަރ 2026
