ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރުސް ފުޓްސަލް ޗެލެންޖު 2027 ގައި ބައިވެރވުމަށް ހުލުވާލުން

           މިއިދާރާއިން އިންތިޒާމްކޮށްގެން ކަނޑޫދޫގެ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އެއްފަހަރު ސިލްސިލާކޮށް ބާއްވަމުން އަންނަ "މިރުސް ފުޓްސަލް ޗެލެންޖު" ފުޓްސަލް މުބާރާތް 15 ޖެނަވަރީ 2027 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބަރާތުގައި ބައިވެރިވެވޭނީ ތ. ކަނޑޫދޫއިން މިމުބާރާތުގައި ބައިވެރިވުމަށް އެދި މިއިދާރާއަށް ފޯމް ހުށައަޅާ ޓީމްތަކަށެވެ. ބައިވެރިވާ ކޮންމެ ޓީމަކުން މިއިދާރާއަށް -/300 ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. މި މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކުން މިމުބާރާތުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރަންވާނެއެވެ.

           ވީމާ، މިމުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން 15 ޑިސެމްބަރ 2026 ވަނަ ދުވަހުގެ 13:30 ގެ ކުރިން މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު،  [email protected] އަށް މެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ނޮވެންބަރު 2026
ހޯދާ