ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2026/234

 

 

މުވައްޒަފުންބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

 

މަޤާމް:

ބައުޒަރ ޑްރައިވަރ، (ސ.ގަން)

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

 

-         ކަނޑައެޅިފައިވާ ތަންތަނަށް ފިއުލް ގެންދިއުމަށް ފިއުލް ބައުސަރެއް ހިންގުން

-         ބައުސަރ ދުއްވުމާއި އޮޕަރޭޓްކުރާއިރު ސަލާމަތީ ގައިޑްލައިންތަކާއި ގަވާއިދުތަކަށް އަމަލުކުރުން

-         ކޮންމެ ދުވަހަކު ޕްރީ ޓްރިޕް އިންސްޕެކްޝަންތައް ބައުސަރުގައި ކުރުމާއި، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ސުޕަވައިޒަރަށް ރިޕޯޓްކުރުން

-         ޑިސްޓްރިބިއުޝަން ސެންޓަރުން ބައުސަރަށް ފިއުލް ލޯޑްކޮށް، ކަނޑައެޅިފައިވާ ލޮކްޝަންތަކުގައި ފިއުލް އަންލޯޑް ކުރުން

-         ފިއުލް ޑެލިވަރީ ކުރުމުގެ ޞައްޙަ ރެކޯޑްތައް ބެލެހެއްޓުމާއި، ހުރިހާ ކަރުދާސްތަކެއް ރަނގަޅަށް ނިންމާފައިވާކަން ކަށަވަރުކުރުން

-         ޑިސްޕެޗަރުންނާއި ސުޕަވައިޒަރުންނާއި އެހެނިހެން ޑްރައިވަރުންނާ މުއާމަލާތްކޮށް ރޫޓްތަކާއި ޑެލިވަރީ ޝެޑިއުލްތައް ކޯޑިނޭޓްކުރުން

-         ބައުސަރު އޮޕަރޭޓްކުރާއިރު ޓްރެފިކްގެ ހުރިހާ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން

-         ބައުސަރުގެ ސާފުތާހިރުކަމާއި ޖުމްލަ ސިފަ ބެލެހެއްޓުން

ޝަރުތުތައް:

-        ޑްރައިވިންގް ދާއިރާއިން 1 ނުވަތަ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން 

-        ސީ2، ސީ0 ނުވަތަ ޑީ0 ކެޓަގަރީގެ ލައިސެންސް އޮތް މީހަކުކަމުގައި ވުން ،  މިގޮތުން ޑީ0 ކެޓަގަރީ އޮންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-        ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން    

-        މި ވަޒީފާތަކަށް ހޮވޭ ފަރާތްތަކަކީ، ވަޒީފާއަށް ހޮވުމާއެކު ލަސްނުކޮށް މަސައްކަތަށް

 ނުކުމެވޭނެ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.                 

                   

މަހު މުސާރަ:

13,500ރ އާއި 14,500ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ބައުޒަރ ސެކްސަން (ސ.ގަން(

 

 

 

 

 

 

 

 

 

                

 

މަޤާމް:

ބައުޒަރ އެސިސްޓަންޓް )ސ. ގަން(

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

 

-         އެއްގަމު އަދި ކަނޑު އުޅަނދުތައް ރީފިލް ކުރުމަށް ޑްރައިވަރަށް އެހީތެރިވުން

-         ކަސްޓަމަރުންނާ މުޢާމަލާތްކުރުން

-         ތެޔޮ ދޫކުރުމާއި އިންލޭންޑް ޑެލިވަރީ ދޫކުރުން

-         އުޅަނދުފަހަރުގެ އަސާސީ ބެލެހެއްޓުމަށް ޑްރައިވަރަށް އެހީތެރިވުން

ޝަރުތުތައް:

-         ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-         ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

-         މި ވަޒީފާތަކަށް ހޮވޭ ފަރާތްތަކަކީ، ވަޒީފާއަށް ހޮވުމާއެކު ލަސްނުކޮށް މަސައްކަތަށް ނުކުމެވޭނެ

 ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ.                 

 

މަހު މުސާރަ:

11,000ރ އާއި 11,500ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ބައުޒަރ ސެކްސަން )ސ. ގަން(

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 12 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލްfsm.mv/careers  އިން އެޕްލައި ކުރެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

09 ނޮވެންބަރު 2026
ހޯދާ