ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯއްދެވުމަށް އެދި އެކްސްޕެޓު އޮންލައިން ސިސްޓަމް މެދުވެރިކޮށް ހުށަހަޅުއްވަންޖެހޭ ލިޔުންތަކާގުޅޭ

06 މާރިޗު 2016 އިން ފެށިގެން ޢިމާރާތްކުރުމުގެ މަސައްކަތަށް ބިދޭސީން ގެނައުމަށް ކޯޓާއަށް އެދި ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ ލިޔުންތައް އެކްސްޕެޓު އޮންލައިން ސިސްޓަމަށް އަޕްލޯޑު ކުރަންޖެހޭ ގޮތަށް ހަމަޖައްސައިފީމެވެ.

 1. ޢިމާރާތްކުރުމުގެ ހުއްދައިގެ ކުލަކޮޕީ
 2. ކޯޓާގެ ދަށުން ގެނެވޭ ބިދޭސީން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ވާރކް ސައިޓުގެ ފޮޓޯ (ގޭގެ ނަން ފެންނަ ގޮތަށް)
 3. ކޯޓާގެ ދަށުން ގެނެވޭ ބިދޭސީން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވާރކް ސައިޓުގެ ފޮޓޯ (މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސައިޓުގެ އެތެރެ ފެންނަ ގޮތަށް)
 4. ކޯޓާއަށް އެދޭ ކުންފުނީގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ ލިސްޓު
 5. ޕެންޝަން ރަޖިސްޓުރޭޝަން ސްލިޕުގެ ކޮޕީ
 6. އިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމުގެ ކުލަކޮޕީ (އެޓެސްޓްކޮށްފައި)
 7. ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ތަނުގެ ކުރެހުމުގެ ކުލަކޮޕީ
 8. ޖީ. އެސް. ޓީ. ރަޖިސްޓުރޭޝަން ސެޓުފިކެޓުގެ ކުލަކޮޕީ
 9. ބީ. ޕީ. ޓީ. ރަޖިސްޓުރޭޝަން ސްލިޕުގެ ކުލަކޮޕީ
 10. ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ތަނުގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކުލަކޮޕީ
 11. ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ގޭގެ ރަޖިސްޓަރީގެ ކުލަކޮޕީ
 12. އިމާރާތް ކުރުމަށް ވެފައިވާ އެއްބަސްވުމުގައި މަސައްކަތް ހަވާލުކުރާ ފަރާތުގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންގެ އައިޑީކާޑުގެ ކުލަކޮޕީ
 13. އިމާރާތް ކުރުމަށް ވެފައިވާ އެއްބަސްވުމުގައި މަސައްކަތް ހަވާލުވާ ފަރާތުގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންގެ އައިޑީކާޑުގެ ކުލަކޮޕީ
 14. އިމާރާތް ކުރުމަށް ވެފައިވާ އެއްބަސްވުމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންގެ އައިޑީކާޑުގެ ކުލަކޮޕީ
 15. ކޯޓާއަށް އެދޭ ފަރާތަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ދޫކޮށްފައިވާ ރަޖިސްޓްރޭޝަން ސިޓީގެ ކުލަކޮޕީ

މި އިޢުލާނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ކުރިން ޢަމަލުކުރެވެމުންދިޔަ އިޢުލާނު ނަންބަރު IUL)94-V/1/2016/2) އުވުނީއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 މާރިޗު 2016
ހޯދާ