ދިވެހިރާއްޖެ
އިޢްލާން
މާއެނބޫދޫ ގައި ދަރު ބަދިގެ/ މަސްކެއްކުމަށް ނުވަތަ ( ޢާންމު ދިރިއުޅުމުގައި ދުވަހުގެ ނާޝްތާ ފިޔަވާ) ތައްޔާރުކުރާ އެހެނިހެން ތަކެތި ތައްޔާރުކުމަށް ދޫކުރެވޭ ބަދިގެ ފަދަ ތަންތަން ހެދުމަށް ބިން ކުއްޔަށް ދޫކުރުން
މިރަށުގައި " އަމިއްލަ ބޭނުންތަކަށް ނުވަތަ ވިޔަފާރި ބޭނުންތަކަށް ރަށުގެ ބިންތައް ވަގުތީގޮތުން ބޭނުންކުރުމާއި، ފީނެގުމުގެ އުސޫލު " މި ކައުންސިލްގެ 05 ވަނަ ދައުރުގެ 19 ވަނަ ޢާއްމު ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.
ވީމާ މި އުސޫލުގައި ވާ 3 ވަނަ ކެޓަގަރީގެ (ދަރު ބަދިގެ/ މަސްކެއްކުމަށް ނުވަތަ ( ޢާންމު ދިރިއުޅުމުގައި ދުވަހުގެ ނާޝްތާ ފިޔަވާ) ތައްޔާރުކުރާ އެހެނިހެން ތަކެތި ތައްޔާރުކުމަށް ދޫކުރެވޭ ބަދިގެ ފަދަ ތަންތަން ހެދުމަށް ދޫކުރެވޭ ބިން) ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
|
ބިމުގެ އަދަދު |
ބޮޑުމިން (އަކަފޫޓް) / އަގު |
މުއްދަތު |
ބާވަތް |
|
6 |
64 |
1 އަހަރު |
3 ވަނަ ކެޓަގަރީ (ދަރު ބަދިގެ/ މަސްކެއްކުމަށް ނުވަތަ (ޢާންމު ދިރިއުޅުމުގައި ދުވަހުގެ ނާޝްތާ ފިޔަވާ) ތައްޔާރުކުރާ އެހެނިހެން ތަކެތި ތައްޔާރުކުމަށް ދޫކުރެވޭ ބަދިގެ ފަދަ ތަންތަން ހެދުމަށް ދޫކުރެވޭ ބިން) |
|
އަކަފޫޓެއް 1 (އެއް ރުފިޔާ) |
އިތުރު މަޢުލޫމާތު
- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެންބަރު 19 ވާ ބުރަސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
- ބިން ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށް ވުރެން އިތުރަށް ބިން ކުއްޔަށްނެގުމަށް ހުށައަޅާފައިވާނާމަ ބިން ދޫކުރެވޭނީ ގުރުއަތު ލުމަށްފަހުގައެވެ.
- ބިން ކުއްޔަށް ދޫކުރެވޭނީ މާއެނބޫދޫގައި ރަށްވެއްސެއްގޮތުގައި ރަޖިސްޓަރީ ވެފައިވާ ރައްޔިތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
