ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
||
| 
 މަޤާމް ނަންބަރު:  | 
 188‐ OD/22/2016/09  | 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީ. އެސް. 4  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
 ސެކްޝަން:  | 
 އިދާރީ  | 
| 
 މުސާރަ:  | 
 -/5020 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
 -/1500 ރުފިޔާ  | 
| 
 މަސައްކަތް ކުރަންޖެހޭ އޮފީސް:  | 
 އދ. އަތޮޅު މަދަރުސާ / އދ. މާމިނގިލި  | 
||
| 
 
 
 މަޤާމުގެ ޝަރުޠުތައް:  | 
 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
||
| 
 
 
 
 
 
 
 
 
 
 
 މަޤާމުގެ މަސްއޫލިއްޔަތު: 
  | 
 1- ކޮންމެ މަހަކު މުސާރަޝީޓް ތައްޔާރުކޮށް، މުވައްޒަފުންނަށް ކަނޑައެޅިފައިވާ ދުވަހަށް މުސާރަ ގެނެސް، މުވައްޒަފުންގެ އެކައުންޓްތަކަށް މުސާރަ ޖަމާކޮށް، މުސާރަ ސްލިޕް މުވައްޒަފަށް ދިނުން. 2- މުވައްޒަފުންގެ މުސާރައިން ޕެންޝަނުގެ ގޮތުގައި ކަނޑާފައިސާ ކަނޑައެޅިފައިވާ ޢުޞޫލުން ހިސާބުތައް ހަދައި، ޕެންޝަން އޮފީހަށާއި އެހެނިހެން އޮފީސްތަކަށް ލަސްނުކޮށް ފޮނުވުން. 3- މުވައްޒަފުންގެ ތެރެއިން ކްރެޑީޓް ސްކީމްގައި ބައިވެރިވާ މުވައްޒަފުންގެ މުސާރައިން އެ ފައިސާ ކަނޑައި، ކަަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ހިސާބުހަދައި، އެކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 4- ބިލް ރެޖިސްޓްރީއެއް ހަދައި ސްކޫލުގެ އިދާރާއަށް ލިބޭ އެންމެހައި ބިލްތައް ރަޖިސްޓްރީކޮށް ބެލެހެއްޓުމާއި، ބިލް ހުށަހަޅާތާ ލަސްވެގެން ހަފުތާއެއްގެ ތެރޭގައި އެ ބިލަށް ފައިސާ ދައްކައި ޚަލާޞްކުރުން. 5- ރަޝީދުން ބަލައިގަންނަ ފައިސާގެ ރަސީދުތައް ހަދައި އެ ފައިސާ ބަލައިގަތުމަށްފަހު ލަސްނުކޮށް ލިބޭ ފައިސާގެ ދުވަހު ފޮތަށް ރެކޯޑްކުރުމާއި، އެ ފައިސާ ތިޖޫރީގައި ފައިސާ ބަހައްޓަވާނަމަ، ތިޖޫރީ ފޮތުގައި ރެކޯޑް ކުރުން ނުވަތަ ބޭންކަށް ޖަމާކުރާނަމަ އެކައުންޓްސް ބާކީގައި އެކަން ރެކޯޑްކޮށް އަބަދުވެސް މިދެންނެވި ރެކޯޑްތައް އަޕްޑޭޓްކޮށްފައި ބެހެއްޓުން. 6- ކޮންމެ މަހެއްގެ މުސާރަ ޝީޓާއި އެހެނިހެން ޚަރަދުތަކުގެ ފައިސާގެ ވައުޗަރ ހަދައި ފޮނުވަން ކަނޑައެޅިފައިވާ ދުވަހަށް ފޮނުވުމާއި، މިކަން ވައުޗަރ ރަޖިސްޓްރީއަށް އަރުވައި، ފަސޭހައިން ފެންނާނެހެން ބެލެހެއްޓުން. 7- ޗެކަކުން ފައިސާ ހަވާލުކުރާނަމަ ނުވަތަ ލިބިގަންނަނަމަ އެކަން ޗެކް ރަޖިސްޓްރީއަށް އަރުވައި، ހުރިހާ ތަފްޞީލުތައް އެނގޭނޭހެން ބެލެހެއްޓުން. 8- ކޮންމެ މަހެއްގެވެސް ދައްކަންވާ ބިލްތަކަށް ފައިސާ ދެއްކުމަށްފަހު، ފައިސާ ދެއްކުނު ބިލްތަކާއި ފައިސާ ނުދެއްކިހުރި ބިލްތައް ފަސޭހައިން ހޯދޭނޭހެން ވަކިކޮށް ބެލެހެއްޓުން. 9- ހުއްދަދޭ ފޮތާއި ފައިސާ ހަވާލުކުރާ ފޮތް ތައްޔާރުކޮށް ބެލެހެއްޓުން. 10- އައިޓަމް ބާކީކުރުމާއި، މުޅިބަޖެޓް ބާކީ މަހުންމަހަށް ފުރިހަމަކޮށް ބެލެހެއްޓުން. 11- ވެރިން އަންގަވާގޮތެއްގެމަތިން ސްކޫލުގެ އަހަރީ ބަޖެޓް އެކުލަވައިލާ ކަނޑައެޅޭ ތާރީޚަށް މިނިސްޓްރީއަށް ފޮނުވުން. 12- ފައިސާ ޚަރަދުކުރެވޭ ގޮތާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެންމެހައި ރިޕޯޓުތައް ކަނޑައެޅޭ ތާރީޚުތަކަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 13- ސްކޫލުގެ އިތުރު ހަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން. 14- ސްކޫލުގައި ބާއްވާ ސްޓާފް މީޓިންގތަކަށް ހާޒިރުވުމާއި، އެހެނިހެންވެސް ގުޅުންހުރި މީޓިންގތަކަށް، ވެރިން އެދިވަޑައިގަންނަވާ ގޮތެއްގެމަތިން ހާޒިރުވުން. 15- އިސްވެިދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާންމުގޮތެއްގައި ދިމާނުވާޒާތުގެ ސްކޫލުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު މަސައްކަތް ކޮށްދިނުން.  | 
||
| 
 އިތުރު އެލަވަންސްތައް:  | 
 - ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/1500 ރުފިޔާ ލިބޭނެއެވެ. - އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
||
| 
 ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
||
| 
 އިންޓަވިއުކުރުން:  | 
 މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 10 މާރިޗު 2016 އާއި 17 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ. އެކަން މި މަދަރުސާއިން އެފަރާތްތަކަށް އަންގަވަމުން ގެންދާނެއެވެ.  | 
||
| 
 ސެޓްފިކެޓްތަކާ ލިޔެކިޔުންތައް އެޓެސްޓްކުރުން:  | 
 ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ، އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.  | 
||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
  | 
||
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  | 
 މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 9 ވާ ބުދަދުވަހުގެ މެންދުރުފަހު 13:00 އެވެ.  | 
||
| 
 އިތުރު މަޢުލޫމާތު:  | 
 - މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރުމަށް ގުޅާނީ، އދ. އަތޮޅު މަދަރުސާގެ 6680021 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6680757 އެވެ. އީމެއިލްކުރާނީ، [email protected]/[email protected] އަށެވެ.  | 
||
21 ޖުމާދަލްއޫލާ 1437
