ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓްގެ ޢިމާރާތުގެ އެތެރޭގެ ފާރުތަކުން ކުލަފޭބުން ރަގަޅުކުރުމަށް ޔޫ،ވީ މާބޮލް ޝީޓް ޖެހުން:

އިޢުލާން

މިކޯޓްގެ ޢިމާރާތުގެ އެތެރޭގެ ފާރުތަކުން ކުލަފޭބުން ރަގަޅުކުރުމަށް ޔޫ،ވީ މާބޮލް ޝީޓް ޖެހުން:

       މިކޯޓްގެ ޢިމާރާތުގެ އެތެރޭގެ ފާރުތަކުގައި ޔޫ،ވީ މާބޮލް ޝީޓް ޖަހައި ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

ތަން

ދުވަސް

ތާރީޚް

ގަޑި

ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް

ހޯމަ

23 ނޮވެމްބަރ 2026

13:00

       މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް، 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ކޯޓްގައި އޮންނާނެއެވެ.  

       ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދަންނަވަމެވެ. މި މަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18( ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަންބަރު:2014/19( ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީކާޑު ގެންގެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންގެވުން އެދެމެވެ.

       އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައެވެ. ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކޯޓްގެ 6780660 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

       ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.                

‏             29 ޖުމާދުލްއައްވާލު  1448

‏            09  ނޮވެމްބަރ    2026

09 ނޮވެންބަރު 2026
ހޯދާ