ދިވެހިރާއްޖެ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގައި "ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރެއް" އޮންނަންވާނެ ކަމުގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވައިދުގެ ނަންބަރު: (R-22 24/2011) ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.
މަޑަވެލީގައި ލިޔެކިޔުމާއި ނުލައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ މަސައްކަތުގައި މި ކައުންސިލްގައި ދަފްތަރު ނުކުރާ ގިނައަދަދެއްގެ ބިދޭސީ މަސައްކަތްތެރިން މިފަހަކަށްއައިސް މަޑަވެލީގައި އުޅެމުންދާކަން މި ކައުންސިލަށް ވަނީ ފާހަނގަ ކުރެވިފައެވެ. އެހެންކަމުން، މި ކައުންސިލްގައި މިހާތަނަށް ދަފްތަރު ކުރެވިފައި ނުވާ ބިދޭސީ މަސައްކަތްތެރިން 30 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ކައުންސިލަށް ހާޟިރުވެ ދަފްތަރުކުރުމަށް ދަންނަވަމެވެ.
މި އެންގުމާއި ޚިލާފަށް މަޑަވެލީގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި،އަމިއްލަ ފަރާތްތައް އަދި ބިދޭސީ މަސައްކަތް ތެރިން ދަފްތަރު ކުރުމަކާ ނުލައި ޤަވައިދާ ޚިލާފަށް ގެންގުޅޭ ވެރި ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
