މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގެ ބައެއް ފާރުތަކުގައި ޝެރާބޯޑް ފިލާ ޖެހުމާއި، އިދާރީ ބައިގެ ފާޚާނާ ދޮރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

     މ. މުލި،

  ދިވެހިރާއްޖެ.

                                                  ނަންބަރު:627-A/2026/22

އިޢުލާން

މިކޯޓުގެ ބައެއް ފާރުތަކުގައި ޝެރާބޯޑް ފިލާ ޖެހުމާއި، އިދާރީ ބައިގެ ފާޚާނާ ދޮރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

      މިކޯޓު ޢިމާރާތުގެ އެތެރޭ ބައެއް ފާރުތަކުގައި ޝެރާބޯޑު ފިލާ ޖެހުމާއި، އިދާރީ ބައިގެ ފާޚާނާ ދޮރު ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 17 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 10:00ގައި މިކޯޓުގައެވެ. ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައި ދަންނަވާފައިވާގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

      މިމަސައްކަތަށް އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 26ނޮވެމްބަރ 2026 ވަނަ ދުވަހުގެ 10:00ގައި މިކޯޓުގައެވެ. އަދި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

       މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

08 ނޮވެމްބަރ 2026

08 ނޮވެންބަރު 2026
ހޯދާ