މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ މުބާރާތެއް ބޭއްވުމާއި ގުޅޭ:

އިޢުލާން

ވޮލީ މުބާރާތެއް ބޭއްވުމާއި ގުޅޭ:

 ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންނަމާދޫ އ.ތ.މ ކޮމެޓީގެ ފަރާތުން އިންނަމާދޫ ފިރިހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ޓީމްތަކުން ޓީމް ލިސްޓް ހެދުމަށްފަހު 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް "ރަޖިސްޓްރީ ފޯމް" ހުށަހެޅުއްވުން އެދެމެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ގޫގުލް ފޯމް މި އިޢުލާނާއިއެކު އާންމު ކުރީމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ރަސްމީ ގަޑީގައި ނަމަ 6580052 އަދި ނުރަސްމީ ގަޑިތަކުގައިނަމަ (7408610) ކޮމެޓީގެ ރައީސާ ފާޠިމަތު ނިހާ އާއި ގުޅުއްވުން އެދެމެވެ. އިއުލާނާއެކު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާއިދު ހިމެނިފައިވާނެއެވެ.

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ނޮވެންބަރު 2026
ހޯދާ