ދިވެހިރާއްޖެ
ލ.ގަމުން ރުއްގަސް ނެގުމާއި، އުފުރުމާއި ރަށުން ބޭރުކުރުމުގެ އުސޫލު
|
ތަޢާރަފާއި ނަން |
1 |
(ހ) |
މި އުސޫލަކީ 2022/R-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގެ ދަށުން ލ.ގަމުން ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި ރަށުން ބޭރުކޮށް ގެންދިޔުމުގައި ލ.ގަމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކުރުމަށް އެކުލަވައިލައިފައިވާ އުސޫލަކެވެ. |
|
|
|
(ށ) |
މި އުސޫލަށް ކިޔަނީ "ލ.ގަމުން ރުއްގަސް ނެގުމާއި، އުފުރުމާއި ރަށުން ބޭރުކުރުމުގެ އުސޫލު" އެވެ. |
|
|
|
(ނ) |
އުސޫލާއި ގުޅޭ ޤަވައިދު 2022/R-92 "ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" |
|
|
|
(ރ) |
މި އުސޫލުގެ މަޤްޞަދަކީ ލ. ގަމުގެ ޤުދުރަތީ ރީތިކަމާއި ފެހިކަން ޙިމާޔަތްކުރުމާއެކު، ދުވަސްވީ ގަސްގަހާގެހި ރައްކާތެރިކޮށް ދެމެހެއްޓުމާއި، ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުމާއި އަދި ރަށުން ބޭރުކޮށް ގެންދިއުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ތެރެއިން ތަރުތީބުކުރުން، ނެގޭ ރުއްގަހުގެ ބަދަލުގައި އައު ރުއްގަސް އިންދައި އާލާކުރުމުގެ ކަންކަން ކައުންސިލްގެ ބެލުމުގެ ދަށުން ކަށަވަރުކުރުމެވެ. |
|
|
|
(ބ) |
ލ. ގަމުގެ އެއްވެސް ސަރަޙައްދަކުން އެއްވެސް ރުކެއް ނުވަތަ ގަހެއް ކަނޑަން، އުފުރަން ނުވަތަ ކޮނެގެން ނަގަން ނުވަތަ ރަށުން ބޭރުކުރަން ވާނީ ލ. ގަމު ކައުންސިލުން ލިޔުމުން ދޫކުރާ ހުއްދައެއް ލިބިގެންނެވެ. ކައުންސިލްގެ ހުއްދައާ ނުލައި އެއްވެސް ބާވަތެއްގެ ރުއްގަހެއް ކެނޑުމަކީ ކަނޑައެޅިގެން މަނާކަމެކެވެ. |
|
ރުށްގަހުގެ ތެރެއިން ރުއްގަސް ކެނޑުން، އުފުރުން، ކޮނެގެން ނެގުން އަދި ރަށުން ބޭރުކޮށް ގެންދިއުން މަނާ ބާވަތްތައް.
|
2 |
(ހ) |
ރުއްގަހުގެ ތެރެއިން އަންނަނަވި ބާވަތްތަކުގެ ރުއްގަހަކީ މިއުސޫލުގެ ދަށުން ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި ރަށުން ބޭރުކުރުން މަނާ ކުރެވިފައިވާ ބާވަތްތަކަކެވެ. 1)) ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ރުކުން ނުވަތަ ގަހުން ފެށިގެން އެއްގަމަށް 20 (ވިހި) މީޓަރު ފުޅާމިނުގެ ސަރަޙައްދުގެ ތެރޭގައި ހެދިފައިހުރި ހުރިހާ ބާވަތެއްގެ ރުއްގަސް ނުވަތަ ކޯސްޓަލް ވެޖިޓޭޝަން ބެލްޓްގައި ހިމެނޭ ރުއްގަސް؛ (2) ރަށުގައި ޙިމާޔަތްކުރެވިފައިވާ ހުރިހާ ބާވަތެއްގެ ރުއްގަސް؛ (3) ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައްޔާ، އެ ސަރަޙައްދެއްގެ ވަށައިގެންވާ 20 (ވިހި) މީޓަރު ފުޅާމިނުގެ ސަރަޙައްދުގެ ތެރޭގައި ހެދިފައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަސް؛ (4) ދިރޭތަކެތި ޙިމާޔަތްކުރުމުގެ ބޭނުމަށް ޓަކައި ޤާނޫނީގޮތުން ޙިމާޔަތްކޮށްފައިވާ ހުރިހާ ބާވަތެއްގެ ގަސް؛ (5) ރާއްޖޭގައި ހުރި ނެތި ހުސްވެދާނެކަމުގެ ބިރުހީވެފައިވާ ގަސްގަހާގެހި. (6) ދިރިއުޅުމަށް ދޫކޮއްފައިވާ ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯތި އަދި ރަޖިސްޓްރީ ކުރެވިފައިވާ ނާސަރީތަކާއި، ކުއްޔަށް ދޫކުރެވޭ ބިންތަކާއި ތަރައްގީގެ މަޝްރޫއު ތަކަށް ދޫކޮއްފައިވާ ބިންތަކުގައި ހުންނަ ރުއް ގަސް ފިޔަވައި ރަށުގެ އާންމު ސަރަހައްދުތަކުގައި ހެދިފައިވާ އެންމެހައި ރުއް ގަސް.
|
|
|
|
(ށ) |
މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ޙާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ރުއްގަސް ނުވަތަ އެއިން ބައެއް ކެނޑުން، ނުވަތަ އުފުރުން، ނުވަތަ ކޮނެގެން ނެގުން ނުވަތަ ރަށުން ބޭރުކުރުމަކީ 2022/R-92 ގަވާއިދު ހުއްދަކުރާ ކަމެކެވެ. (1) އެ ގަހެއްގެ ގޮފިތަކާއި މޫތައް ދިގުވެ، ގަސް ބިޔަވުމުގެ ސަބަބުން، އަވަށްޓެރި ގޭގެއަށާއި ގޯތި ގޯއްޗަށް ނުވަތަ އިމާރާތަށް ބޮޑު ގެއްލުމެއް ލިބެމުންދާނަމަ، ނުވަތަ ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ނަމަ، ދިގުވެ އުނދަގޫ ފޯރާ ގޮފިތަކާއި މޫތައް ކޮށައި، ގަސް ބެލެހެއްޓުން. މިފަދަ ގަސްގަހުގައި ހުންނަ ފަލަ ގޮފިތައް ނުވަތަ ބޮޑެތި ގޮފިތައް ކަނޑަންވާނީ، ކައުންސިލުގެ ހުއްދަޔާ އެކުގައެވެ. (2) މި މާއްދާގެ (1) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލު ނުކުރެވޭނަމަ، ރުއް ނުވަތަ ގަސް ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައިވާ އެހެން ތަނަކަށް ބަދަލުކޮށްފައި އެ ރުއް ނުވަތަ އެ ގަސް އިންދުން؛ (3) މި މާއްދާގެ (2) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލު ނުކުރެވޭނަމަ، ރުއް ނުވަތަ ގަސް، އެހެން ކައުންސިލެއްގެ ނުވަތަ އެހެން ސިޓީއެއްގެ އިޚްތިޞާޞް ހިނގާ ސަރަޙައްދެއްގެ ތެރޭގައި އިންދުން؛ (4) މި މާއްދާގެ (3) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލު ނުކުރެވޭނަމަ، އެ ރުއް ނުވަތަ އެ ގަސް ކަނޑައިލުން؛ އަދި އެ ރުކުގެ ބަދަލުގައި ނުވަތަ އެ ގަހުގެ ބަދަލުގައި 4 (ހަތަރެއް) ރުއް ނުވަތަ 4 (ހަތަރެއް) ގަސް، ކައުންސިލުގެ އިޚްތިޞާޞްގައި ހިމެނޭ ތަނެއްގައި އިންދުން އަދި މިހާލަތުގައިވެސް ރުއް ނުވަތަ ގަސް ކަޑާލަންވާނީ ކައުންސިލްގެ ހުއްދަލިބިގެން؛ (5) މި މާއްދާގެ (4) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލު ނުކުރެވޭ ފަދަ ހާލަތެއް އައިސްފިނަމަ މިކަމާމެދު ގޮތެއް ނިންމާނީ ކައުންސިލުންނެވެ؛ (6) މިމާއްދާގެ ދަށުން ރުއް ނުވަތަ ގަސް ކަނޑައި، އުފުރާ ނުވަތަ ރަށުން ބޭރުކުރާނަމަ، އޭގެ ބަދަލުގައި އިންދާ ރުއް ގަސް ވާންވާނީ އެއްބާވަތުގެ ރުއް ގަހަށެވެ. އަދި ބަދަލުގައި އިންދާ ރުއްގަސް އިންދަންވާނީ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ. އަދި، މިހެން އިންދާ ރުއްގަސް ވާނީ ކައުންސިލުގެ ރުއްގަހަށެވެ.
|
|
ހުއްދައަށް އެދުމާއި ހުއްދަ ދޫކުރުމުގެ އިޖުރާއަތު |
3 |
(ހ) |
ލ. ގަމުން ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެނެ ނެގުން އަދި ރަށުން ބޭރުކުރަންވާނީ ކައުންސިލުން މިކަމަށް ކަނޑައަޅާފަވާ ފޯމު (ޖަދުވަލު 1) ކައުންސިލަށް ހުށަހަޅައި ހުއްދަލިބިގެންނެވެ. މި ފޯމު ކައުންސިލަށް ހުށަހެޅުމުން، ހުއްދަ ދޫކުރުމުގެ މަރުޙަލާތައް ކަނުންސިލުން ކުރިޔަށް ގެންދަންވާނެއެވެ. މިގޮތުން ކައުންސިލުން ބަލާ ފާސް ކުރންޖެހޭ ކަންތައްތައް ބެލުމަށްފަހު އިތުރަށް ތިމާވެއްޓާއި ބެހޭ ވުޒާރާ ނުވަތަ ސަރުކާރުން އެކަމަށް ކަނޑައަޅާފައިވާ އިދާރާއެއްގެ (މީގެ ފަހުން "އެޖެންސީ" ގޮތުގައި ބަޔާން ކުރެވިފައިވާ) ހުއްދަ ހޯދަން ޖެހޭނަމަ ހުއްދަ ހޯދުމަށް ފޯމު ހުށަހަޅާ ފަރާތައް އަންގަން ވާނެއެވެ. |
|
|
|
(ށ) |
ކައުންސިލަށް ހުށަހެޅޭ ފޯމުގައިވާ މަސައްކަތުގެ ބޮޑުމިނަށް ބަލައި، ތިމާވެށްޓާބެހޭ ދައުލަތުގެ ކަމާބެހޭ އިދާރާއަށް ގެ ހުއްދަ ހޯދަންޖެހޭ ޙާލަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. (1) 200 (ދުއިސައްތަ) އަށްވުރެ ގިނައިން ރުއްގަސް ނަގާނަމަ ނުވަތަ 4000 (ހަތަރުހާސް) އަކަފޫޓައްވުރެ ބޮޑު ސަރަޙައްދެއް ސާފުކުރާނަމަ، ޤަވައިދު ނަންބަރު 2012/R-27 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ބެހޭ ޤަވައިދު) އާއި އެއްގޮތްވާގޮތުގެ މަތިން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދައި ދައުލަތުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅާ ފާސްކުރަންވާނެއެވެ. (2) 50 (ފަންސާސް) އާއި 200 (ދުއިސައްތަ) އާ ދެމެދުގެ އަދަދަކަށް ރުއްގަސް ނަގާނަމަ، އެކަމުގެ ތަފުސީލު ހިމެނޭ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ އިދާރާއަށް ހުށަހަޅައި ފާސްކުރަންވާނެއެވެ.
|
|
|
|
(ނ) |
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ކައުންސިލުން ހުއްދަ ދޫކުރާނީ، ދައުލަތުގެ ކަމާބެހޭ އިދާރާއަށް ފާސްކުރި ލިޔުންތަކާއެކު ގަވާއިދު ނަންބަރު 2022/R-92 ގައި ވާގޮތުގެމަތިން ހޯދައިފާވާ ހުއްދަ ކައުންސިލަށް ހުށަހެޅުމުންނެވެ.
|
|
|
|
(ރ) |
50 ރުކަށް ވުރެ މަދުން ނަގާނަމަ ކައުންސިލުން ސީދާ ހުއްދަ ދޫކުރާނެއެވެ.
|
|
|
|
(ބ) |
ހުއްދަ ދޫކުރުމުގެ ކުރިން، ކައުންސިލްގެ މުވައްޒަފުން ސައިޓަށް ގޮސް ގަސްތައް ބަލައި ޗެކްކުރަންޖެހޭނެއެވެ. ހުއްދައަށް އެދޭ ފަރާތުން ހުރިހާ އިޖުރާތެއް ފުރިހަމަކޮށް ޝަރުޠުތައް ފުރިހަމަވާނަމަ، ކައުންސިލުން ލިޔުމުން ހުއްދަ ދޫކުރެވޭނެއެވެ.
|
|
ހުއްދައިގެ މުއްދަތު އަދި ފީނެގުން |
4 |
(ހ) |
މި އުސޫލުގެ ދަށުން ހުއްދަ ދެވޭ މަސައްކަތްތައް ހުއްދަ ދެވިފައިވާ މުއްދަތު ތެރޭގައި ނިންމަންވާނެއެވެ. އަދި މި މުއްދަތު އިތުރުކުރާނަމަ ކައުންސިލްގެ ހުއްދަނަގަންވާނެވެ.
|
|
|
|
(ށ) |
މި އުސޫލުގެ ދަށުން ހުއްދަ އަށް އެދޭ ފަރާތުން ކައުންސިލުން ކަނޑައަޅާފައިފާ ފީ ދައްކަން ވާނެއެވެ. (1) ފޯމު ޕްރޮސެސިންގ ފީ: ހުށަހަޅާ ކޮންމެ ފޯމަކަށް -/50 (ފަންސާސް) ރުފިޔާ (2) ރަށުން ބޭރަށް ގެންދިއުމުގެ ފީ (ވިޔަފާރި ބޭނުމަށް): ރަށުން ބޭރުކުރާ ކޮންމެ ރުކަކަށް -/100 ސަތޭކަ ރުފިޔާ. (3) ރަށުން ބޭރުކުރާ ކޮންމެ ގަހެއްގެ ވަށަމިނުގައި 10 (ދިހައެއް) ސެންޓިމީޓަރ ހަމަވާ ނަމަ ގަހަކަށް -/25 (ފަންސަވީސް) ރުފިޔާ، އަދި އިތުރުވާ ކޮންމެ ސެންޓިމީޓަރ އަކަށް -/5 (ފަހެއް) ރުފިޔާ (4) މުއްދަތު އިތުރުކުރުމުގެ ފީ: ހުއްދައިގެ މުއްދަތު އިތުރުކޮށްދޭ ކޮންމެ ފަހަރަކު -/2000 (ދެހާސް) ރުފިޔާ (5) ދަރުގެ ގޮތުގައި ބޭނުންކުރުމަށް ކަނޑާ ގަހުގެ ފީ: ކަނޑާ ކޮންމެ ގަހަކަށް -/10 (ދިހައެއް) ރުފިޔާ (6) މިއުސޫލުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ނާސަރީގައި ހައްދާ ގަހަކަށް އެއްވެސް ފީއެއް ނުނަގާނެއެވެ.
|
|
|
|
(ނ) |
ހުއްދައިގެ މުއްދަތު ތެރޭގައި ހުއްދަ ދެވިފައިވާ މަސައްކަތް ނުނިމޭނެކަމަށް ބެލެވޭނަމަ، އަދި އެ މަސައްކަތް ފުރިހަމަ ކުރުމަށް އިތުރު މުއްދަތު ބޭނުންވާނަމަ، އެކަން ލިޔުމުން ކައުންސިލަށް ހުށަހަޅައިގެން މުއްދަތު އިތުރު ކުރަންވާނެއެވެ.
|
|
|
|
|
|
|
|
|
(ރ) |
މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ހުއްދަ އިތުރުކުރެވޭނީ، ހުއްދައިގެ މުއްދަތު ހަމަވުމުގެ 1 (އެކެއް) ދުވަހުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކަށެވެ. ހުއްދަ އިތުރުކުރެވޭނީ، 2 (ދޭއް) ފަހަރަށެވެ. މިގޮތުން ހުއްދަ މުއްދަތު އިތުރުކުރާ ކޮންމެ ހުއްދައަކަށް، -/2000 (ދެހާސް) ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަންވާނެއެވެ. އަދި 2 (ދޭއް) ފަހަރަށް ވުރެ ގިނަ ފަހަރު އިތުރުކުރަން ބޭނުންވާނަމަ، އެކަމަށް އެދި ހުށަހަޅަންވާނީ، އައު ހުއްދައަކަށެވެ. |
|
|
|
(ބ) |
ކައުންސިލްގެ ހުއްދައިގެ އިތުރުން އެޖެންސީގެ ހުއްދަ އިތުރުކުރަންޖެހޭ ނަމަ، ކައުންސިލުން ހުއްދަ އިތުރުކޮށްދޭނީ އެޖެންސީގެ ހުއްދައިގެ މުއްދަތު އިތުރުކުރި ލިޔުން ހުށަހެޅުމުންނެވެ. |
|
|
|
(ޅ) |
މިއުސޫލުގެ ދަށުން ރުއް ގަސް ރަށުން ބޭރުކުރުމަށް ހުއްދަ ދޫކުރުވެނީ އަންނަނިވި ގޮއްތުގެ މަތިންނެވެ. (1) ނާސަރީގައި ހައްދާ ރުއް ގަސް ރަށުން ބޭރުކުރުމަށް 3 (ތިނެއް) ދުވަސް. (2) ނާސަރީގައި ހައްދާ ރުއްގަސް ފިޔަވައި މިއުސޫލުގެ ދަށުން ހުއްދަދެވިފައިވާ އެހެނިހެން ތަންތަނުގައިވާ ރުއް ގަސް ރަށުން ބޭރުކުރުމަށް 7 (ހަތެއް) ދުވަސް. |
|
ރުއްގަސް ނެގުމާއި ރަށުން ބޭރުކުރަން ގެންދިއުމުގެ ޢަމަލީ މިންގަނޑު |
(5) |
(ހ) |
ރުއް ނުވަތަ ގަސް އުފުރުމަށްފަހު، އެތަނުގައި ހެދޭ ވަޅުގަނޑު ހާމައަށް ބަހައްޓައިގެން ނުވާނެއެވެ. މަދިރި އާލާވުމާއި ފެންހެދުން ހުއްޓުވުމަށްޓަކައި، ރުއްގަސް ނެގުމާއެކު ހެދޭ ވަޅުގަނޑަށް ވެލި ފިޔަވައި އިތުރު އެއްވެސް އެއްޗެށް ނާޅައި ފަސްއަޅައި ބިންގަނޑު އެއްވަރު ކުރަންވާނެއެވެ. އަދި އެތަންތަނަށް ލޮނުވެލި ނުވަތަ ކުނި އެޅުމަކީ މަނާކަމެކެވެ. |
|
|
|
(ށ) |
ރަށުން ބޭރަށް ގެންދާ ކޮންމެ ރުކެއްގައި ނުވަތަ ގަހެއްގައި، ކައުންސިލުން ދޫކުރާ ޓްރޭސަބިލިޓީ ނަންބަރު ކުލަ ނުފިލާ ގޮތަށް ލޭބަލް ކުރަންވާނެއެވެ. |
|
|
|
(ނ) |
ރުއްގަސް ގެންދަންވާނީ ހަމައެކަނި މޫގަނޑު ގައި ހުންނަންޖެހޭ ފަސް ފިޔަވައި، އިތުރަށް ވެލި ނުހިމެނޭ ގޮތަށް ސާފުކޮށްގެންނެވެ. |
|
|
|
(ރ) |
ރުއްގަސް ގެންދިއުމަށް އުޅަނދަށް އެރުވުމުގެ ތެރޭގައާއި ދަތުރުމަތީގައި، މަގު މައްޗަށާއި، ބަނދަރު ސަރަހައްދަށާއި، މޫދަށް ނުވަތަ ފަޅުތެރެއަށް އެއްވެސް ބާވަތެއްގެ ކުނި ނުވަތަ ވެލި އެޅުމަކީ މަނާކަމެކެވެ. މިގޮތުން ރުއްގަސް އުފުލުމުގައި ކުނި ނުވަތަ ވެލިއެޅޭ ސަރަހައްދު އެކަން ކުރާ ފަރާތުން ސާފުކުރަންވާނެއެވެ. |
|
|
|
(ބ) |
މި މާއްދާގައި ބަޔާންކޮށްފާއިވާ މިންގަޑުތަކައި ހިލާފުވާނަމަ އެކަން އިސްލާހުކުރުމަށް ކައުންސިލުން އެކަން ކުރާ ފަރާތައް އަންގައި އެކަން އިސްލާހު ނުކޮށްފިނަމަ ގަވައިދު ނަންބަރު 2022/R-92 ގައިވާގޮތުގެ މަތިން ފިޔަވަޅުއެޅޭނެއެވެ.
|
|
ކަނޑާ ނުވަތަ އުފުރާ ނުވަތަ ކޮނެގެން ނަގާ ރުއްގަސް އެހެން ރަށަކަށް ގެންދިޔުން |
(6) |
(ހ) |
ލ.ގަމުން ކަނޑާ، ނުވަތަ އުފުރާ ނުވަތަ ކޮނެގެން ނަގާ ރުއްގަސް އެހެން ރަށަކަށް ގެންދެވޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެނެވެ. މިގޮތުން ހުއްދަ ހޯދުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށް ފަހު ކައުންސިލަށް ހުށަހަޅަންވާނެއެވެ.
|
|
|
|
(ށ) |
މި މާއްދާގެ ދަށުން އެން ރަށަކަށް ގަސް ގެންދިޔުމުށް ހުއްދަދެވޭ ގަހެއް ނުވަތަ ރުކެއް ކެނޑޭނީ، ނުވަތަ އުފުރޭނީ، ނުވަތަ ކޮނެގެން ނެގޭނީ، އަދި އެއްތަނުން އަނެތްތަނައް އުފުލޭނީ މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
|
|
ބަދަލުގައި ރުއްގަސް އިންދުން |
(7) |
(ހ) |
ލ.ގަމުން ކަނޑާ ނުވަތަ އުފުރާ، ނުވަތަ ކޮނެގެން ނަގާ ރުއްގަހުގެ ބަދަލުގައި ކޮންމެ ރުކަކަށް 2 ރުށް ނުވަތަ ކޮންމެ ގަހަކަށް 2 ގަސް، އެ ގަސް ނުވަތަ އެ ރުއް ނެގި ފަރާތުން ރަށުގެ އެހެން ސަރަހައްދެއްގައި އިންދަން ޖެހޭނެއެވެ. |
|
|
|
(ށ) |
ބަދަލުގައި އިންދާ ރުއްގަސް އިންދަންވާނީ ލ. ގަމުގެ ފެހިކަން އިތުރުކުރުމަށް ކައުންސިލުން ޚާއްޞަކޮށް ކަނޑައަޅައިފައިވާ ސަރަޙައްދެއްގައެވެ. މިކަން ކުރިއަށްދާނީ ކައުންސިލްގެ ސީދާ ބެލުމުގެ ދަށުންނެވެ. |
|
|
|
(ނ) |
މި އުސޫލުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޚާއްޞަ ބާވަތެއްގެ ރުކެއް ނުވަތަ ގަހެއް އިސްތިސްނާ ޙާލަތެއްގައި ކަނޑަން ހުއްދަދެވޭނަމަ، ކަނޑާ ކޮންމެ ރުކެއް ނުވަތަ ގަހެއްގެ ބަދަލުގައި 4 (ހަތަރެއް) ރުއް ނުވަތަ ގަސް އިންދަންވާނެއެވެ. |
|
|
|
(ރ) |
ލ. ގަމުން ރުއްގަސް އުފުރައިގެން އެހެން ރަށަކަށް ގެންދާނަމަ، ބަދަލުގައި އިންދަންޖެހޭ ރުއްގަސް އިންދަންވާނީ ލ. ގަމުގައި ކައުންސިލުން ކަނޑައަޅާ ސަރަޙައްދެއްގައެވެ. |
|
|
|
(ބ) |
ބަދަލުގައި އިންދާ ކޮންމެ ގަހެއްގައި ސީރިއަލް ނަންބަރެއް ޖަހައި ކައުންސިލްގެ ދަފުތަރުގައި ރެކޯޑުކުރަންވާނެއެވެ. |
|
|
|
(ޅ) |
މަސައްކަތް އެއްކޮށް ނިމުމުން، 2022/R-92 ގަވާއިދުގެ ޖަދުވަލު 3 ގެ ފޯމު މެދުވެރިކޮށް ބަދަލުގައި އިންދި ގަސްތަކުގެ މަޢުލޫމާތު ކައުންސިލަށާއި އެޖެންސީއަށް ރިޕޯޓުކުރަންވާނެއެވެ. |
|
ދަރުގެ ގޮތުގައި ބޭނުންކުރުމަށް ގަސް ނުވަތަ ރުށް ކެނޑުން |
8 |
(ހ) |
ލ.ގަމުން ތިރީގައި ބަޔާންކޮށްފައިވާ ބޮޑުމިނުގެ ދިރިހުރި (ރޯ) އެއްވެސް ރުކެއް ނުވަތަ ގަހެއް، ދަރުގެ ގޮތުގައި ބޭނުންކުރުމަކީ މަނާކަމެކެވެ. (1) ރުކުގެ ބުޑުގެ އެންމެ ތިރިން (ބިމާހަމައިން) ފެށިގެން ރުކުގެ އެންމެ ތިރިއަށް ހުރި ފަނުގެ ބުޑާ (ފަންވަޅާ) ހަމަޔަށް 6 (ހައެއް) ފޫޓު ހުންނަ ރުއް ނުވަތަ އެއަށްވުރެ ދިގު ރުއް؛ (2) ގަހުގެ ބުޑުގެ އެންމެ ތިރިން (ބިމާ ހަމައިން) ފެށިގެން 1 ފޫޓު އުސްމިނުގައި، ގަހުގެ ވަށަމިނުގައި 18 (އަށާރަ) އިންޗި ހުންނަ ގަސްގަހާގެހި.
|
|
|
|
(ށ) |
ލ.ގަމުން ގަހެއް ނުވަތަ ރުކެއް ދަރުގެ ގޮތުގައި ކެނޑޭނީ، ކައުންސިލުން ދޫކުރާ ޚާއްޞަ ހުއްދައެއް އޮވެގެންނެވެ. މި ހުއްދަ ހޯދުމަށް ހުށަހަޅާނީ މި އެސޫލުގެ (ޖަދުވަލު 1) ގައިވާ ފޯމެވެ. |
|
އިސްތިސްނާ |
9 |
|
މި މާއްދާގެ ދަށުން ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުމާއި، ރަށުން ބޭރުކުރަން ގެންދިޔުމަށް އަމަލުކުރުމުގައި އަންނަނިވި ރުއް ނުވަތަ ގަސް އިސްތިސްނާވާނެއެވެ. (1) މުޑުވަށްކޮށްގެން ހައްދާ ރުއްގަސް؛ (2) ރުއް ނުވަތަ ގަސް އަދި ގަސްގަހުގައި ނުވަތަ ގަސްގަހުގެ ގޮފީގައި ވެލިބަނދެގެން ނުވަތަ ގަސް ގްރާފްޓް ކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، ނާސަރީއެއްގައި ހައްދައިފައި ހުންނަ ރުއްގަސް. (3) މީހުން ދިރިއުޅުމަށް ރަޖިސްޓަރީކޮށްފައިވާ ގޯތިތަކުގައި ހުންނަ ރުއްގަސް. (4) މީހުންގެ މުދަލަށާއި ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ހެދިފައިވާ ރުއްގަހާއި ނުވަތަ ވެއްޓިދާނެކަމުގެ ބިރުއޮތް ރުއް ގަސް. (5) ގުދުރަތީގޮތުން ދިމާވާ ކަމަކާއި ގުޅިގެން ރުއްގަސް އަރިއަޅާލައިގެން .ވެއްޓުމުގެ ފުރުސަތު އޮތްނަމަ، ނުވަތަ ނުރައްކާތެރި ބައްޔެއް ޖެހުމުގެސަބަބު އެއްވެސް ކަހަލަ ނުރައްކަލެއް ނުވަތަ ގެއްލުމެއް މެދުވެރިވާނެ ކަމަށް ކައުންސިލަށް ފާހަގަ ކުރެވޭނަމަ، ނުވަތަ ކާރިސާއެއްގެ ސަބަބަން ލިބޭ ނުވަތަ ލިބެމުންދާ ގެއްލުން ހުއްޓުވުމަށް ކަންޑާ ރުއްގަސް. (6) މި މާއްދާގައި އެހެން އޮތް ކަމުގައި ވީނަމަވެސް، ލ. ގަމުން އެއްވެސް ހާލަތެއްގައި ރުއްގަސް ބޭރު ކުރެވޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެނެވެ.
|
|
ފިޔަވަޅު އެޅުމާއި ޖޫރިމަނާ ކުރުން |
10 |
(ހ) |
މި އުސޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރެވޭނީ، 2022/R-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގެ 19 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީންނެވެ. |
|
|
|
(ށ) |
ކައުންސިލްގެ ހުއްދަ ނެތި ރުއްގަސް ކެނޑުމާއި، މޫދަށް ނުވަތަ ވަޅުގަނޑަށް ކުނި ނުވަތަ ވެލިއެޅުމާއި، ޓްރޭސަބިލިޓީ ނަންބަރު ނުޖެހުން ފަދަ ކުށްތަކަށް، ގަވާއިދު ނަންބަރ 2022/R-92 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު) ގެ 19 ވަނަ މާއްދާގެ (ބ) ގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
|
|
|
(ނ) |
މި އުސާލާއި ހިލާފުވެގެން ހުއްދަ ބާތިލް ކުރެވޭ ފަރާތްތަކަށް އަލުން ހުއްދަ ދޫކުރެވޭނީ ހުއްދަ ބާތިލް ކުރިތާ 1 (އެކެއް) އަހަރު ފަހުންނެވެ. |
