މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ [ރަހަވަރު] ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

2026 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 12 ޑިސެންބަރު 2025 ވާ ހޮނިހިރު ދުވަހު، ހުޅުމާލޭގައި ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އަމާޒަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައްކަށް މިދާއިރާއިން ފުރުސަތު ފަހިކޮށް، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެފަރާތްތައް ބައިވެރިކުރުމެވެ. އަދި ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުން ހިއްސާކުރާ މިންވަރު ފާހަގަކުރުމާއި ދިވެހިންގެ ކެއުން ބުއިމުގެ އާދަކާދަތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ތަފާތު އައު ބާވަތްތަކުގެ މަހުގެ އުފެއްދުންތައް އުފައްދާ، ބޭނުންކުރުމުގެ މުހިންމުކަން ދައްކުވާ ދިނުމެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް (https://forms.gle/mhq59qjJrvNKdTkGA)  ފުރިހަމަ ކުރެއްވުމަށް ފަހު 19 ނޮވެމްބަރު 2026 ގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމްގެ ލިންކާއި، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އަދި އިރުޝާދު މި އިޢުލާނާ އެއްއުރަ ކުރެވިފައިވާ ކަރުދާހުގައި ހިމެނިފައިވާނެއެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3339216 ނުވަތަ 3339223 އަށް ގުޅުއްވުން އެދެމެވެ.

05 ނޮވެންބަރު 2026
ހޯދާ