މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ނަލަނަލަ ހެނބަދޫ ފުޓްސަލް އަދި ހޭންޑްބޯލް ޗެލެންޖް 2026" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމާއި ގުޅޭ

އިޢުލާން

"ނަލަނަލަ ހެނބަދޫ ފުޓްސަލް އަދި ހޭންޑްބޯލް ޗެލެންޖް 2026" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމާއި ގުޅޭ

 

         މިކައުންސިލުން އިންތިޒާމްކޮށްގެން ހެނބަދޫގައި ފުޓްސަލް އަދި ހޭންޑްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ "ނަލަނަލަ ހެނބަދޫ ފުޓްސަލް އަދި ހޭންޑްބޯލް ޗެލެންޖް 2026" 13 ޑިސެމްބަރ 2026 ވާ އާދިއްތަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.

      ވީމާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ހެނބަދޫގެ ޓީމްތަކުން 20 ނޮވެމްބަރ 2026 ވާ ހުކުރުވަހުގެ ރޭ 23:59 ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. އަދި މިއިޢުލާނާއެކު މުބާރާތުގެ ޤަވާއިދު އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

https://forms.gle/tFVakghhE9SDZe4r9 

       މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

25 ޖުމާދަލްއޫލާ 1448                     

05 ނޮވެންބަރު 2026
ހޯދާ