ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލުން ކުރާ މަސައްކަތްތަކަށާއި ގަންނަ ތަކެއްޗަށް އަގުބަލާ ފޯމް އީމެއިލް މެދުވެރިކޮށް ފޮނުވުމާ ގުޅޭ

އިޢުލާން

 

 މި ކައުންސިލުން ކުރާ މަސައްކަތްތަކަށާއި ގަންނަ ތަކެއްޗަށް އަގުބަލާ ފޯމް އީމެއިލް މެދުވެރިކޮށް ފޮނުވުމާ ގުޅޭ

                    މިކައުންސިލުން ކުރިއަށްގެންދާ އެކިއެކި މަސައްކަތްތަކަށާއި، ކައުންސިލަށް ބޭނުންވާ ތަކެތި ހޯދުމަށް ފޮނުވާ އަގުބަލާ ފޯމްތައް، 08 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުން ފެށިގެން ފޮނުވަމުން ގެންދާނީ މި ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ވެންޑަރުންނަށް އީމެއިލް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.

                    ވީމާ، މިކައުންސިލްގައި ރަޖިސްޓްރީވެފައިވާ ވެންޑަރުންގެ އިތުރުން، މި ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތަކަށާއި ގަންނަ ތަކެއްޗަށް އަގު ހުށަހެޅުއްވުމަށް ޝައުގުވެރިވާ އެންމެހައި ފަރާތްތަކުން ކައުންސިލްގެ ވެންޑަރ ރަޖިސްޓްރީގައި ރަޖިސްޓްރީވުމަށް އެދި ފޯމު ހުށަހެޅުއްވުން އެދެމެވެ.

                    މިކަމާ ގުޅެގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ކައުންސިލްގެ ނަންބަރު "ފޯން 6760522" އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 ޖުމާދަލްއޫލާ 1448

05 ނޮވެންބަރު 2026
ހޯދާ