މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިސްރަށްވެހިންނަށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަން ފެށުން

ޤަވާއިދު ނަންބަރު R-102/2021 (އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޤަވާއިދު) ގެ ދަށުން އުމުރުން ދުވަސްވީ ފަރާތްތަކަށް ދޫކުރާ ޚާއްޞަ ލައިސަންސް ދޫކުރުމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށްއެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި ލައިސެންސް ނެންގެވުމަށް ބޭނުންވާ ފަރާތްތަކުން "އިސްރައްވެހިންނަށް ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަށް އެދޭ ފޯމް" ފުރިހަމަކުރުމަށް ފަހު ފޯމުގައި ހުށަހެޅުމަށް ބުނެފައިވާ ތަކެއްޗާއެކު 2026 ނޮވެންބަރު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ހުށަހެޅުއްވުމަށް ދަންނަވަމެވެ.  ފޯމް ދޫކުރުމާއި ބަލައިގަތުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 14:00 ހަމައަށް ހަމަޖެހިފައިވާނެއެވެ.

މި ޚިދުމަތާ ގުޅޭ މުހިންމު މަޢުލޫމާތުތައް ތިރީގައި މިވަނީއެވެ:

  • މި ލައިސެންސް ދޫކުރެވޭނީ އުމުރުން 60 އަހަރު ފުރިފައިވާ އިސްރަށްވެހިންނަށެވެ.
  • މި ލައިސެންސް ދޫކުރެވޭނީ 60 ސީސީ އިން ދަށުގެ އޮޓޯ އަދި މޮޓޯ ސައިކަލު ދުއްވުމަށާއި، ރަށު ޕިކަޕު ފަދަ އުޅަނދުތައް ދުއްވުމަށެވެ.
  • މި ލައިސެންސް ދޫކުރެވޭނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށެވެ. ތަމްރީނު ޕްރޮގްރާމް އޮންނާނީ 2026 ނޮވެންބަރު 17 ވަނަ ދުވަހު ދަރަވަންދޫ ކައުންސިލް އިދާރާގައެވެ. 

 

04 ނޮވެންބަރު 2026
ހޯދާ