ދިވެހިރާއްޖެ
ކެނދިކުޅުދޫ ކައުންސިލުން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި، އިދާރީ ޚިދުމަތްތަކުގެ އަގާއި، ޖޫރިމަނާގެ އިތުރުން ސަރުކާރުގެ އެކިވުޒާރާތަކާއި މުވައްސަސާތަކުން ދެއްވާ ޚިދުމަތްތަކާ ގުޅިގެން މިއިދާރާ މެދުވެރިކޮށް ދައްކަންޖެހޭ އެންމެހައި ފައިސާ، ނަގުދު ފައިސާއިން ބަލައިގަތުން 2026 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން މުޅިން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހިރާއްޖޭގެ މާލީ ގަވާއިދުތަކާއި ލާމަރުކަޒީ ޤާނޫނުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްގެ މާލީ އަދި އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ފައިސާގެ މުޢާމަލާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤުޞަދުގައި، މި ކައުންސިލްގެ 5 ވަނަ ދައުރުގެ 14 ވަނަ އާންމު ޖަލްސާއިން މަޝްވަރާކޮށް ނިންމަވާފައިވާ ނިންމެވުމެކެވެ.
ވުމާއެކު، 31 ޑިސެންބަރު 2026 އިން ފެށިގެން ކައުންސިލުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކަށް ފައިސާ ދައްކަވާނީ ކައުންސިލްގެ ރަސްމީ ބޭންކު އެކައުންޓް މެދުވެރިކޮށް ނުވަތަ އޮންލައިން ޑިޖިޓަލް ޕޭމަންޓް ނިޒާމުތައް މެދުވެރިކޮށެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު، ޓްރާންސްފަރ ސްލިޕް ކައުންސިލަށް ފޮނުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑިތަކުގައި 6560013 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
