މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ
- މަސްޖިދު މޫސާ ޢަލީގެ ފެން އިސްކުރުބަރިން ފެންލީކުވާ ތަން ރަނގަޅުކުރުމުގެ މަސައްކަތަށް ކޯޓޭޝަން ހޯދުމަށް ކުރެވުނު ނަންބަރު (IUL)322/322/2026/130 އިޢުލާނާއި ގުޅިގެން ލިބިފައިވަނީ އެންމެ ކޯޓޭޝަނެއްކަމުން، އިތުރަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.
- ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު (ޖީއެސްޓީ އަށް ރޖިސްޓްރީ ކޮށްފައިވާ ފަރާތެއް ނަމަ ޖީއެސްޓީ ހިމަނައިގެން) އަދި މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން) ޖަހަންވާނެއެވެ.
- މިމަސައްކަތް ކުރުމުގެ ސަބަބުން އެޅޭ އެންމެހާ ކުނިބުނިތައް ނަގައި އެތަންތަން ރަނގަޅަށް ސާފު ކުރަންވާނެއެވެ.
- މިމަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 05 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
- ކޯޓޭޝަން ހުށަހެޅުން އޮންނާނީ 08 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ. އަދި މެއިލް މެދުވެރިކޮށް ހުށަހެޅޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
04 ނޮވެންބަރު 2026
ހޯދާ
