މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ޑިނަރނައިޓް ބާއްވައިދޭނޭ ފަރާތެއް ބޭނުންވެގެން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލްގެ ޕީޓީއޭގެ ފަރާތުން ބާއްވާ ޑިނަރނައިޓް ބާއްވައިދޭނޭ ފަރާތެއް ބޭނުންވެގެން ކުރި އިޢުލާނަށް IUL)MUH-01/1/2016/17) އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާތީ އެ އިޢުލާން ބާޠިލުކޮށް، ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް އަލުން އިޢުލާން ކުރަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

07 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 10:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

 

     

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.

01 މާރިޗު 2016
ހޯދާ