މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ތަރިކަވެރިން" އުފެއްދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހިންގާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ރައީސުލްޖުމްހޫރިއްޔާގެ ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހިންގޭ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން، ރާއްޖޭގެ ކޮންމެ ރަށަކުން ތަރިކައިގެ ދާއިރާއިން "ތަރިކަވެރިން" އުފެއްދުމަށް ޤައުމީ ފެންވަރުގައި ބޮޑު މަޝްރޫޢެއް ވަނީ ފެށިފައެވެ. މި މަޝްރޫޢުގެ ދަށުން ދިވެހިންގެ ހަނދާންތައް އެއްކުރުމާއި، ރަށްވެހި އާސާރު އުފެއްދުން ފަދަ ތަރިކައިގެ މުހިއްމު ބައިތައް ހިމަނައިގެން، ފަންނާއި ސަގާފަތާއި ތަރިކައާއިބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާ ގުޅިގެން ސެޓްފިކެޓް ލެވަލް 3 ގެ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަކީ އެމް.ކިއު.އޭ އެކްރެޑިޓް ކޯހަކަށް ހެދުމަކީ އަމާޒެއްކަމަށާއި ޖެނުއަރީ 2027 އިންޓޭކަށް ކޯސް ފެށުމަށް ގަސްތުކުރެވިފައިވާކަން ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިންވަނީ އަންގާފައެވެ.

      ވީމާ، މި ދާއިރާއިން ކުރިއަށް ދިއުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކުވާ ގޫގުލްފޯމް  ފުރިހަމަކުރެއްވުމަށްފަހު 19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ގޫގުލް ފޯމް ލިންކް:

https://forms.gle/ArUMkegqDrBL3yhv8

04 ނޮވެންބަރު 2026
ހޯދާ