ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން.

މި އިޢުލާނާކު އާއްމުކޮށްފައިވާ "ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު އެކުލަވާލާ ހިންގާނެ ގޮތުގެ އުޞޫލް" އާއި އެއްގޮތަށް ޒުވާނުންގެ ބޯޑު މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 12 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

1. ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނަކަށް ވުން.

2. އިހަވަންދޫގއި ދިރިއުޅޭ މީހަކަށް ނުވަތަ ރަށުގެ ރަށްވެއްސަކަށް ވުން.

3. ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހަކަ ނުވުން.

4. ކައުންސިލްގެ މެންބަރަކަށް ނުވަތަ ކައުންސިލްގެ ދާއިމީ މުވައްޒަފަކަށް ނުވުން.

5. އެއްވެސް އަގަކާ ނުލައި ހިލޭސާބަހަށް ބޯޑުގެ މެންބަރުކަން ކޮށްދޭނެ ފަރާތަކަށްވުން.

ވީމާ، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ލަފާދޭ ޒުވާނުންގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، މެންބަރުކަމަށް އެދޭ ފޯމް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ނޮވެންބަރު 2026
ހޯދާ