ދިވެހިރާއްޖެ
ނ. މާފަރު ކައުންސިލަށް އެކިކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާދިނުމާއި، ޤާނޫނީ ލިޔުންތައް ފަރުމާ ކޮށްދިނުމާއި، ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ކައުންސިލަށް ދަޢުވާލިބޭ މައްސަލަތަކުގައި ވަކާލާތުކުރުން ފަދަ ޤާނޫނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް 08 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓްރީ ފޯމް ހުށަހެޅުއްވުމަށްފަހު، އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 15 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
# |
ތަފްޞީލް |
ތާރީޚާއި ގަޑި |
|
1 |
ބިޑުގައި ރަޖިސްޓްރީވުމުގެ ސުންގަޑި |
08 ނޮވެމްބަރ 2026، 13:00 |
|
2 |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން |
15 ނޮވެމްބަރ 2026، 13:00 |
- ބިޑާއިގުޅޭ މަޢުލޫމާތާއި އެހެނިހެން ލިޔެކިޔުންތަށް މި ޢިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ދެވިފައިވާ މުއްދަތުގައި ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން ބިޑް ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ގަޑިޖެހިގެން ހުށަހަޅާ ބިޑްތައް ބަލައި ނުގަންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 09 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، [email protected] މިއީމެއިލް އެޑުރެހަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
