ދިވެހިރާއްޖެ
1- މިރަށު މަސްޖިދު މޫސާޢަލީ (ބޮޑު މިސްކިތް) ގޯތިތެރޭގައި ހުރި 2 ނިކަ ގަހުގެ ތެރެއިން ދެކުނުފަރާތުގައި ހުރި ނިކަގަސް ކަނޑައިދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.
2- ގަސްކަޑާނީ ކޮނެގެން އޭގެ ބުޑާއެކުގައެވެ. ބިމުން މައްޗަށް ގަހުގެ ބުޑުން ނުވަތަ މުލުން އެއްވެސް ބައެއް ފެންނަން ހުރެގެން ނުވާނެއެވެ. އަދި ވަޅުތަކަށް ފަސްލަންވާނީ ކައުންސިލަށް ދެއްކުމަށްފަހު ކައުންސިލްގެ ހުއްދަލިބުމުންނެވެ. ވަޅުގަނޑަށް ފަސްލުމަށް އިތުރަށްފަސް އަޅަންޖެހޭނަމަ ޖެޓީގެ ހުޅަނގުކޮޅުގައި ހުރި ވެލިފުނިން ފަސްނެގިދާނެއެވެ.
3- މިމަސައްކަތް ކުރުމުގެ ސަބަބުން އެޅޭ އެންމެހާ ކުނިބުނިތައް ނަގައި އެތަން ރަނގަޅަށް ސާފުކުރަންވާނެއެވެ.
4- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ވެރިފަރާތުގެ އައިޑީ ކާޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
5- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ. ނުވަތަ ކޯޓޭޝަނާއެކު ސިޓީއަކުން އަންގަންވާނެއެވެ.
6- ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނެ އަގު (ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ ޖީއެސްޓީ ހިމަނައިގެން) އަދި މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން) ޖަހަންވާނެއެވެ.
7- މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ 04 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 9:00 އަށް މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
8- ކޯޓޭޝަން ހުށަހެޅުން އޮންނާނީ 05 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 9:30 ގައި މިއިދާރާގައެވެ. އަދި މެއިލް މެދުވެރިކޮށް ހުށަހެޅޭ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
