ދިވެހިރާއްޖެ
ހދ. ނޭކުރަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން 12 ޑިސެންބަރ 2026 ގައި "ނެވި ސްޕޯޓްސް ފިއެސްޓާ" ގެ ދަށުން އަންހެން ބޭފުޅުންނަށް ޙާއްސަކޮށްގެން ހޭންޑްބޯޅަ މުބާރާތެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހދ. ކުމުންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން "ކުމުންދޫ ސްޕޯޓްސް ކްލަބް" ގެ ނަމުގައި ޓީމެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ޓީމް އެކުލަވާލެވޭނީ ބައިވެރިވާން ނަންނޯޓް ކުރާ ފަރާތްތަކުގެ ތެރެއިން ޕްރެކްޓިސްތަކަށްފަހު، ހޮވާލެވޭ ކުޅުންތެރިންނެވެ. ވީމާ، ޝައުގުވެރިވާ ފަރާތްތަކުން 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައި މިވާ ލިންކް މެދުވެރިކޮށް ނަން ނޯޓް ކުރެއްވުން އެދެމެވެ. މި އިޢުލާނާއެކު މުބާރާތުގެ ޤަވައިދު އެއްކަދާސްކުރީމެވެ.
https://forms.cloud.microsoft/r/neQ6qFy3Nq?origin=lprLink
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
