ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޯޕާކްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 (IUL)246/246/2026/88 ނަންބަރު                                                                                  

އިޢުލާން

އިކޯޕާކްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، އަމިއްލަ ތަކެތީގައި މިރަށު އިކޯޕާކްގެ ހަޓާއި ފާލަން މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. މިއީ މިކަމާ ގުޅިގެން ކުރާ ދެވަނަ އިޢުލާނެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ އެންމެހައި ފަރާތްތަކަށް، އެކަމަށްއެދި ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

05 ނޮވެންބަރ 2026

ބުރާސްފަތި

13:00

އަންދާސީ ހިސާބު ހުށައެޅުން

12 ނޮވެންބަރ 2026

ބުރާސްފަތި

13:00

 

ބީލަން ހުށައެޅުމަށް ޝައުޤުވެރި ވެލައްވާ އެންމެހައި ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. https://forms.cloud.microsoft/r/cCAg2cZNT8?origin=lprLink

 

  1. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަންގެ މަޢުލޫމާތު، މި އިދާރާއަށް ލިބުނުކަން ކަށަވަރު ކުރެއްވުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ.
  2. ބީލަން ތައްޔާރު ކުރައްވާނީ، މި ބީލަމުގައި ރަޖިސްޓްރީ ވެލެއްވުމުން މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
  3. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2026 ނޮވެންބަރު 05 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު، ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެނަން ލިޔުއްވަން ވާނެއެވެ.
  4. ބީލަމުގައި ބައިވެރިވެ ލެއްވުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ސުންގަޑީގެފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް [email protected]   އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް  6500031 އަށް، ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

02 ނޮވެންބަރު 2026
ހޯދާ