މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
އާސަންދަގެ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓް ނެގުމާގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ހިނގަމުންދާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ފެސިލީޓީތައް ފިޔަވައި، އެހެނިހެން (ޕްރައިވެޓް ސެކްޓަރ) ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ  ތަންތަނުން ޚިދުމަތް ހޯދާ ދިވެހިންގެ ތެރެއިން 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން 15% ގެ ކޯޕޭމަންޓެއް 1 ޖަނަވަރީ 2027 އިން ފެށިގެން ނަގަން ފަށާނެ ކަމުގައި ކަނޑައަޅައި، އެކަން ޢާންމުކޮށް އަންގާ އިޢުލާނުކުރަމެވެ. އެހެންނަމަވެސް އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ޙާލަތްތަކުގައި، މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.

އަދި ދަންނަވަމެވެ. 60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން 15% ގެ ކޯޕޭމަންޓް ނެގުމަށް ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން ޑޮކްޓަރުންނާއި، މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި، ޕައިލެޓުންނާއި، އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން، އަދި އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުން އިސްތިސްނާވާނެއެވެ.

31 އޮކްޓޫބަރު 2026
ހޯދާ