ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އައި.ސީ.ޓީ ޓެކްނީޝަން

 ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މި ދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަގާމު:

 އައި.ސީ.ޓީ ޓެކްނީޝަން

ރޭންކު:

 SS4/B

ސެކްޝަން/ޑިޕާޓްމަންޓް:

 އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ- އެޑްމިނިސްޓްރޭޓިވް އެފެއާޒް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

 1

މަޤާމުގެ ޝަރުޠުތައް:

  • ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތައުލީމީ ދާއިރާ

  • އިންފޮމޭޝަން ޓެކްނޮލޮޖީ/ ކޮމްޕިއުޓަރ ސައިންސް / ކޮމްޕިއުޓަރ އިންޖިނިއަރިންގ/  އިންފޮމޭޝަން ސިސްޓަމްސް އާ ގުޅޭ ދާއިރާތައް

އިސްކަންދެވޭ އިތުރު ޝަރުޠުތައް

ތިރީގައިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކުން ގުޅުންހުރި ޕްރޮފެޝަނަލް ސެޓްފިކެޓެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • ކޮމްޕިއުޓަރ ހާޑްވެއާރ އިންސްޓޯލްކުރުން، މަރާމާތުކުރުން އަދި މައްސަލަ ދެނެގަނެ ހައްލުކުރުން.
  • ކޮމްޕިއުޓަރ ނެޓްވަރކިންގް
  • އޮޕަރޭޓިންގް ސިސްޓަމް އިންސްޓޯލްކުރުން، ކޮންފިގަރކުރުން އަދި މައްސަލަ ހައްލުކުރުން (ޚާއްސަކޮށް މައިކްރޮސޮފްޓް ވިންޑޯސް)
  • ސޮފްޓްވެއާ އިންސްޓޯލްކުރުން، އަޕްޑޭޓްކުރުން އަދި ޓެކްނިކަލް ސަޕޯޓް ދިނުން.
  • ސައިބަރ ސެކިއުރިޓީ، ޑޭޓާ ބެކްއަޕް އަދި ރިކަވަރީ.
  • ޕްރިންޓަރ، ސްކޭނަރ އަދި އައިޓީގެ އެހެނިހެން ޕެރިފެރަލް ތަކެތި ބެލެހެއްޓުމާއި މަރާމާތުކުރުން.
  • ސީސީޓީވީ/އައިޕީ ކެމެރާ ސިސްޓަމްތަކާއި ނެޓްވަރކް އިންފްރާސްޓްރަކްޗަރ.
  • ސަރވަރ އެޑްމިނިސްޓްރޭޝަން، ކްލައުޑް ސަރވިސަސް އަދި ޔޫސަރ އެކައުންޓް މެނޭޖްމަންޓް.

މަސައްކަތުގެ ތަޖުރިބާ:

ކޮމްޕިއުޓަރ ހާޑްވެއަރ/ސޮފްޓްވެއަރ ޓްރަބްލްޝޫޓްކުރުން، ނެޓްވަރކް އަދި އައި.ސީ.ޓީ ޓެކްނިކަލް ސަޕޯޓް ދިނުމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

 

 

  • އިދާރާގެ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ނެޓްވަރކަށް ދިމާވާ އެކިއެކި މައްސަލަތައް ދެނެގަނެ، އެ ކަންކަން ހައްލުކުރުން.
  • އިދާރާގެ އެކިއެކި ސެކްޝަންތަކަށް ބޭނުންވާ އައި.ސީ.ޓީ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުން.
  • ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ އޯޑިއޯ އަދި ވީޑިއޯއާ ގުޅޭ ޓެކްނިކަލް މަސައްކަތްތައްކުރުމާއި، މިފަދަ ވަސީލަތްތައް ބެލެހެއްޓުމަށް އެހީތެރިވެދިނުން.   
  • އިދާރާގެ ސީސީޓީވީ ސިސްޓަމް އަދި އެކްސެސް ކޮންޓްރޯލް ސިސްޓަމް މެނޭޖްކޮށް ބެލެހެއްޓުން.
  • އިދާރާގެ އައި.ސީ.ޓީއާ ގުޅުންހުރި އެންމެހައި މަސައްކަތްތައް އެކަށީގެންވާ ނިޒާމެއްގެ ތެރެއިން ބަލަހައްޓައި، ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެހީތެރިވެދިނުން.
  • އިދާރާގެ ކޮމްޕިއުޓަރ ނެޓްވަރކް އަދި ސިސްޓަމްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެހީތެރިވުން.

އަސާސީ މުސާރަ:

މަހަކު 7,000 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

  • ހާޒިރީ އެލަވަންސްގެ ގޮތުގައި ހަމަޖެހިފައިވާ އުސޫލުން މަހަކު 4,400 ރުފިޔާ
  • ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3,500 ރުފިޔާ
  • ޚާއްސަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20
  • ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް
  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

12 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ.
  • ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ހ) ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހާސިލުކޮށްފައިވާ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ.  

(ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ފުރިހަމަކުރި ކޯހެއްގެ ސެޓްފިކެޓް ލިބިފައި ނުވާނަމަ، އެ މަރުކަޒަކުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން: ކުރިން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާއެއްގައި ހޭދަވީ މުއްދަތާއި އަދާކުރި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގޭނެ ގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ޕޮއިންޓު ދެވޭނެ މިންގަނޑު:

  • ތައުލީމު:
  • މަސައްކަތުގެ ތަޖުރިބާ: %30
  • އިންޓަވިއު: %60

ޝޯޓްލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުތު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
  • މަޤާމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މި އިދާރާއިން ދޭ ޕްރެކްޓިކަލް ޓެސްޓުން ފާސްވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 15 ފަރާތެވެ.
29 އޮކްޓޫބަރު 2026
ހޯދާ