ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮލާޑު ލައިޓު ބުޑު ތައްޔާރުކުރުން

`

(IUL)245-MIM/245/2026/86: ނަންބަރު

އިޢުލާން

ބޮލާޑު ލައިޓު ބުޑު ތައްޔާރުކުރުން

 

  1. މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ބޮލާޑު ލައިޓުގެ ކޮންކުރީޓު ބުޑު ތައްޔާރުކުރުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)245-MIM/245/2026/81 އިޢުލާނާއި ގުޅިގެން ލިބިފައިވާ ކޯޓެޝަންތަކުގެ އަގު އެކަށީގެންވާ ވަރަށް ވުރެން ބޮޑުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.
  2. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ނޮވެމްބަރު 05 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރަށެވެ.
  3. މި މަސައްކަތަށް ކޯޓޭޝަން ހުށަހަޅާނީ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކޯޓޭޝަން ހުށަހަޅާ ފޯމުންނެވެ. ކޯޓޭޝަން ހުށަހެޅުމުގެ ކުރިން މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް ބެލުމަށް ފަހު، މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ އެ ކަމެއް ސާފުކުރަން ވާނެއެވެ.
  4. މައުލޫމާތު ސާފުކުރުމަށް އީމެއިލުކުރާ ނަމަ [email protected] އަށް އީމެއިލް ކުރުން އެދެމެވެ. ފޯނުން ނަމަ 6501005ށް ގުޅުން އެދެމެވެ.

‏17‏ ޖުމާދަލްއޫލާ‏ 1448

‏28‏ އޮކްޓޯބަރ‏ 2026

28 އޮކްޓޫބަރު 2026
ހޯދާ