މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހ.މެދުގެ އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީ ބާޠިލް ކުރުމާބެހޭ

ހ.މެދުގެ އެވެ، ކިޔާ ގޯތީގެ ބިމާއި ޢިމާރާތް ވިއްކުމުގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/40 ޤަޟިއްޔާއިން ޝަރީޢަތް ނިންމަވާފައިވާގޮތުގެ މަތިން ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބަދަލުކުރުމަށް އެދި މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ވީމާ، ހ.މެދުގެ އެވެ، ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު އ.6148 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބާޠިލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާގޮތަށް ހ.މެދުގެ އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީ އަށް ގެންނަންޖެހޭ ބަދަލު ގެނެވޭނެކަން ޢާންމުކޮށް އަންގާ ޢިއުލާންކުރީމެވެ.

28 އޮކްޓޫބަރު 2026
ހޯދާ