ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2027 - ފ.މަގޫދޫ ކައުންސިލްގެ ޓީމް މެނޭޖުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ގޯލްޑަން ފުޓްސަލް ޗެލެންޖް 2027 - ފ.މަގޫދޫ ކައުންސިލްގެ ޓީމް މެނޭޖުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ:

ގޯލްޑަން ފުޓްސަލް ޗެލެންޖް 2027 ގައި ބައިވެރިވާ ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މި އިދާރާގެ ނަންބަރު: IUL372-A1/372/2026/21  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށައަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. މިކަމަށްއެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ނިސްބަތްވާ، ރަޖިސްޓަރީ ކޮށްފައިވާ ކުލަބު/ޖަމްޢިއްޔާތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މަގޫދޫ ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝަޢުޤުވެރިވެލައްވާ، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ނިސްބަތްވާ، ކުލަބު/ޖަމްޢިއްޔާތަކުން، 2026 ނޮވެންބަރު 09 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

‏17‏ ޖުމާދަލްއޫލާ‏ 1448

 ‏28‏ އޮކްޓޯބަރ‏ 2026

28 އޮކްޓޫބަރު 2026
ހޯދާ