ދިވެހިރާއްޖެ
އިޢުލާން
މިމިނިސްޓްރީގެ ޕޮޑްކާސްޓް ރޫމް އަށް ބޭނުންވާ ފަރުނީޗަރާއި (ކާޕެޓް، ސައުންޑް ޕްރޫފިންގް ފޯމް ވޯލް ޕެނަލް، ސޯފާ، ސައިޑް ޓޭބަލް، ޝެލްފް، ޑެކަރޭޝަން ލައިޓްސް، ގަސް އަދި ކޮންޓްރޯލް ރޫމް އޮފީސް ޑެސްކް) އެކު އެރޫމްގެ ސެޓަޕް ހަދައިދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)23-PD(PMS)/23/2026/346 (08 އޮކްޓޯބަރ 2026) އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެޢިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 27 އޮކްޓޯބަރ ވާ އަންގާރަ ދުވަހުން ފެށިގެން 8 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހު މެންދުރު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
16 ޖުމާދަލް އޫލާ 1448ހ.
