ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 ލެބޯރޓަރީ އެސިސްޓެންޓް  | 
 މަޤާމް:  | 
||||
| 
 188-OD/22/2016/09  | 
 މަޤާމުގެ ނަންބަރު:  | 
||||
| 
 ދާއިމީ  | 
 މަޤާމުގެ ގިންތި:  | 
||||
| 
 ޖީ. އެސް. 4  | 
 މަޤާމުގެ ރޭންކް:  | 
||||
| 
 އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
||||
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
||||
| 
 މަދްރަސަތުލް އިފްތިތާޙް / ޅ. ނައިފަރު  | 
 މަޤާމު އޮތް އޮފީސް:  | 
||||
| 
 އިދާރީ، މަދްރަސަތުލް އިފްތިތާޙް / ޅ. ނައިފަރު  | 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  | 
||||
| 
 މަދްރަސަތުލް އިފްތިތާޙް / ޅ. ނައިފަރު  | 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
||||
| 
 -/5,020 ރުފިޔާ  | 
 މުސާރަ:  | 
||||
| 
 -/1,500 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
||||
| އިތުރުގަޑީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ އުސޫލުން މަސައްކަތްކުރުމުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | 
 އެހެނިހެން ޢިނާޔަތްތައް:  | 
||||
| 
 1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސުކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑްރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
 މަޤާމުގެ ޝަރުޠު:  | 
||||
| 
 - ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުން. - ލެބޯޓްރީއަށް ބޭނުންވާ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް މާއްދާ ކިޔަވައިދޭ ޓީޗަރުންގެ ލަފާގެމަތިން، ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުން. - ލެބޯޓްރީގައި ހުންނަ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން. - ޓީޗަރުންނަށް އެކްސްޕެރިމެންޓަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދިނުން. - ޕްރެކްޓިކަލް ހަދަން ބޭނުންކުރާ ސާމާނު ދޮވެ ސާފުކުރުވުން. - ލެބޯޓަރީގެ ސާފުތާހިރުކަން ބެލެހެއްޓުން. - ލެބޯޓްރީއަށް ޕްރެކްޓިކަލް ހަދަން އަންނަ ޓީޗަރުންގެ ރެކޯޑުތައް ބެލެހެއްޓުން. - ލެބޯރޓަރީއާ ގުޅުންހުރި މަސައްކަތްތައް ސުކޫލުން ކަނޑައަޅާ އުސޫލެއްގެދަށުން ކުރުން. - ސުކޫލުގައި ހިންގާ ތަފާތު އެހެނިހެން ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.  | 
 މަޤާމުގެ މަސްއޫލިއްޔަތުތައް:  | 
||||
| 
 - ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)  - ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭގޮތަށް، ވަޒީފާ އަދާކުރި އޮފީހު ދެއްވާފައިވާ ލިޔުމެއް. - ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތް ހުރިގޮތް ބަޔާންކުރާ ފޯމު" (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހަކުން ކުރާ ޢިއުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)  | 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
||||
| 
 - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. - މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚްލާޤު. - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް، އިންޓަވިއު ޕެނެލަށް ސާބިތުކޮށްދެވޭ މިންވަރު.  | 
 މި ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:  | 
||||
| 
 މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މާރިޗު 3 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި މަދަރުސާގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.  | 
 ސުންގަޑި:  | 
||||
| 
 - މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 6 މާރިޗު 2016 އާއި 10 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި މަދަރުސަތުލް އިފްތިތާޙުގައެވެ. - މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.  | 
 އިންޓަވިއު:  | 
||||
| 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް 6620009 ނަންބަރު ފޯނަށް ނުވަތަ 6620380 ނަންބަރު ފޯނާ ގުޅުން އެދެމެވެ.  | 
 އިތުރު މަޢުލޫމާތު:  | 
||||
| 
 15 ޖުމާދަލްއޫލާ 1437  | 
|||||
