މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ (ވަގުތީ)

މަޤާމް :ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ (ވަގުތީ)
ބޭނުންވާ އަދަދު :1

އިޢުލާން

މަޤާމް:

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ  (ވަގުތީ)

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް  – 6 މަސް )

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 7

ޑިޕާޓްމަންޓް / ސެކްޝަން:

ކޯޕަރޭޓް ޑިޕާޓްމަންޓް / ހިއުމަން ރިސޯސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް

މުސާރަ:

މަހަކު -/9،845 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު -/4،595 ރުފިޔާ

ހާޒިރީ ޢިނާޔަތް:

ހާޒިރުވާ ދުވަހަކަށް 125/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ މުވައްޒަފުންގެ ވަޒީފާ ބަޔާނާއި ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް މުވައްޒަފުންނާއި ހަވާލުކުރުން.
  2. ކުރަންޖެހޭ މަސައްކަތާ ގުޅިގެން ލިޔަންޖެހޭ ސިޓީ، ނޯޓް ފަދަ ތަކެތި ލިޔުމާއި ފޮނުވަންޖެހޭ ނޯޓް ފަދަ ތަކެތި ފޮނުވުން އަދި ފައިލް ކުރުން.
  3. އެކި އިދާރާތަކުން މިމިނިސްޓްރީއަށް ފޮނުވާ ތަމްރީން ޕްރޮގްރާމްތައް ބޭއްވުމާއި ބެލެހެއްޓުމަށް އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. އެގޮތުން ތަމްރީން ޕްރޮގްރާމްތަކުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވާ މުވައްޒަފުންގެ ރެޖިސްޓްރީ އަޕްޑޭޓްކުރުވައި އެ މުވައްޒަފުންގެ ކޯހާއި ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  4. މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިސަލް އާއި ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  5. ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. މިނިސްޓްރީގެ ނުވަތަ ސެކްޝަންގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރިމީހާ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މާޤާމުގެ މަސައްކަތާ  ގުޅުންހުރި  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ  ބެޗެލަރސް އޮނަރސް  ޑިގްރީއެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1.  އެޑްމިނިސްޓްރޭޝަން 
  2. އެޑަލްޓް ލަރނިންގ އެންޑް ލީޑަރޝިޕް 
  3. ބިހޭވީރިއަލް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ 
  4. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  5. ބިޒްނަސް އެނަލިސިސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓް 
  6. ބިޒްނަސް މެނޭޖްމަންޓް 
  7. ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  8. ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓް 
  9. ހިއުމަން ކެޕިޓަލް ލީޑަރޝިޕް 
  10. ހިއުމަން ކެޕްޓަލް މެނޭޖްމަނަޓް 
  11. ހިއުމަން ޑިވެލޮޕްމަންޓް 
  12. ހިއުމަން މެނޭޖްމަންްޓް އެންޑް އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް 
  13. ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް 
  14. ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް 
  15. ހިއުމަން ރިސޯސަސް އެންޑް އޮގަނައިޒޭޝަނަލް ބިހޭވިއަރ 
  16. ހިޔުމަން ރިސޯސް ޑިވެލޮޕްމަންޓް 
  17. ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  18. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް 
  19. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓަލަންޓް މެނޭޖްމަންޓް 
  20. ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޓްރޭނިންގ 
  21. ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް 
  22. ހިއުމަން ރިސޯސަސް 
  23. ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން 
  24. ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއިމަންޓް 
  25. ހިއުމަން ރިސޯސަސް އެންޑް ނޮލެޖް މެނޭޖްމަންޓް 
  26. ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް 
  27. ހިއުމަން ޓެލަންޓް މެނޭޖްމަންޓް 
  28. ލީޑަރޝިޕް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  29. ލީޑަރޝިޕް އެންޑް ޓެލަންޓް މެނޭޖްމަންޓް 
  30. ލަރނިންގ އެންޑް އޯގަނައިޒޭޝަނަލް ޗޭންޖް 
  31. މެނޭޖްމަންޓް 
  32. މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް 
  33. މެނޭޖްމަންޓް ސައިކޮލޮޖީ 
  34. އޯގަނައިޒޭޝަނަލް ޑިވެލޮޕމަންޓް 
  35. އޮގަނައިޒޭޝަނަލް ލީޑަރޝިޕް އެންޑް ލަރނިންގ 
  36. އޯގަނައިޒޭޝަނަލް ސައިކޮލޮޖީ 
  37. ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  38. ޕަރސަނަލް މެނޭޖްމަންޓް 
  39. ޕަރސަނަލް މެނޭޖްމަންޓް އެންޑް ލޭބަރ ޕްރެކްޓިސް 
  40. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  41. ޕަބްލިކް ޕޮލިސީ 
  42. ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް 
  43. ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް 
  44. ވަރކް އެންޑް އޯގަނައިޒޭޝަނަލް ސައިކޮލޮޖީ 
  45. ވަރކް ސައިކޮލޮޖީ 
  46. ވަރކްފޯސް އެޑިއުކޭޝަން އެންޑް ޑިވެލޮޕްމަންޓް 
  47. ވަރކްފޯސް ލަރނިންގ އެންޑް ޕަރފޯމަންސް

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން
  2. އޮގަނައިޒޭޝަނަލް ބިހޭވިއަރ
  3. ޕަރފޯމަންސް މެނޭޖްމަންޓް
  4. އޮގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ނުވަތަ ކޮމްޕެންސޭޝަން މެނޭޖްމަންޓްއާ ގުޅުންހުރި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިސްލާހު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 1 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (ދަރުބާރުގެ، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން އަދި ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ 2 ނޮވެންބަރު 2026 އާއި 19 ނޮވެންބަރު 2026 އާއި ދެމެދު، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (ދަރުބާރުގެ / މާލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004900 ނަންބަރު ފޯނަށް ނުވަތަ އީ-މެއިލް  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

26 އޮކްޓޫބަރު 2026
ހޯދާ