ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ފްލެޓް 03-02-97އަދި 03-02-86ގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 01 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައިވާ މަސައްކަތް ކޮށްދޭނެ އަގު، މުއްދަތު ، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޑިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ. މި އިއުލާނާއެކު މަސައްކަތުގެ މައުލޫމާތު ޝީޓް ވާނީ އެޓޭޗްކުރެވިފައެވެ. މި މަސައްކަތުގެ ސައިޓް އިންސްޕެކްޝަން ހެދުމަށް ބޭނުންވާ ފަރާތްތަކުން 26 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 15:00 އަށް ފްލެޓް 03-02-97އަދި 03-02-86-ހުޅުމާލެ ޕޭސް 1 އަށް ވަޑައިގެންނެވުން އެދެމެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
