މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު: 543-A/2026/9    

                                                               

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

      މިކޯޓުގައި ކުރުމަށް ހަމަޖެހިފައިވާ މަރާމާތްތަކުގެ މަސައްކަތް ކުރުމަށް ކުރެވުނު 543-A/2026/3    (07 ސެޕްޓެމްބަރ 2026) އިޢުލާން ބާތިލްކޮށް މިމަސައްކަތުގެ ސްކޯޕަށް ބަދަލުގެނައުމަށްފަހު، މިމަސައްކަތްތައް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.  ކޯޓުރޫމް ބޮޑުކޮށް ފުރިހަމަ ކުރުމުގެ މަސައްކަތްތައް

1.2.  ކޯޓުގެ ފެންޑާބައި ވެއިޓިން އޭރިޔާއަށް ބަދަލުކުރުމާއި ރިސެޕްޝަން ހެދުން

1.3.  ގުދަނެއް ހެދުން

1.4.  ވޯކްވޭ ހެދުމާއި ގޭޓެއްލުން

1.5.  އުތުރުފަރާތު ހަރިންމަ ފާރު އުސްކުރުން

1.6.  މެޖިސްޓްރޭޓް ކޮޓަރި މަރާމާތު މަސައްކަތް

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

                        I.         ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

                      II.         ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

                    III.         ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

                    IV.         އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮކްޓޯބަރ 29 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓު (ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2026 ނޮވެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިކޯޓު (ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް، ށ.ކޮމަންޑު ދިވެހިރާއްޖެ ،ފޯން: 6540657                   

 އީ-މެއިލް: [email protected]

 

 

                 14 ޖުމާދުލްއޫލާ 1448

25 އޮކްޓޯބަރ 2026

25 އޮކްޓޫބަރު 2026
ހޯދާ