ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަށިބޯޅަ އޮފިޝަލުން ތަމްރީނުކުރުމުގެ ވާރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.
ދިވެހި ސަޤާފީ އަދި ޤައުމީ ކުޅިވަރެއް ކަމަށްވާ ބަށިބޯޅަ ކުރިއެރުވުމަށާއި، މާލެއަށް ބަރޯސާނުވެ މިރަށުގައި އިންސާފުވެރިކަމާއެކު މުބާރާތްތައް ހިންގާނެ އަންހެން އޮފިޝަލުން އުފެއްދުމަށް ބަށިބޯޅަ ފައުންޑޭޝަނާއި އ.ތ.މ ކޮމިޓީއާއި ގުޅިގެން އޮފިޝަލުން ތަމްރީނުކުރުމުގެ ވާރކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ވާރކްޝޮޕަކީ ތިއަރީ އަދި ޕްރެކްޓިކަލް (މެޗު ކުޅުން ހިމެނޭހެން) ޖުމްލަ 6 ސެޝަންގެ މައްޗަށް އެކުލެވިގެންވާ ޕްރޮގްރާމެކެވެ. މިއީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވޭ އަގުހުރި ފުރުޞަތެކެވެ.
ވީމާ، މި ވާރކްޝޮޕްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
ނަންނޯޓު ކުރުމަށް ގުޅޭނެ ނަންބަރ: 9733220 (މަރިޔަމް ޝިފާނާ)
25 އޮކްޓޫބަރު 2026
ހޯދާ
