ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 ހެލްތު އޮފިސަރ  | 
 މަޤާމް:  | 
||||
| 
 188-OD/22/2016/09  | 
 މަޤާމުގެ ނަންބަރު:  | 
||||
| 
 ދާއިމީ  | 
 މަޤާމުގެ ގިންތި:  | 
||||
| 
 އެމް. އެސް. 1  | 
 މަޤާމުގެ ރޭންކް:  | 
||||
| 
 ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
||||
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
||||
| މަދަރުސަތުލް އިފްތިތާޙް | މަޤާމު އޮތް އޮފީސް: | ||||
| 
 އިދާރީ  | 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  | 
||||
| 
 މަދްރަސަތުލް އިފްތިތާޙް / ޅ. ނައިފަރު  | 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
||||
| 
 -/5,610 ރުފިޔާ  | 
 މުސާރަ:  | 
||||
| 
 -/2,000 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
||||
| 
 އިތުރުގަޑީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ އުސޫލުން މަސައްކަތްކުރުމުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
 އެހެނިހެން ޢިނާޔަތްތައް:  | 
||||
| 
 1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
 މަޤާމުގެ ޝަރުޠު:  | 
||||
| 
 - ދަރިވަރުން ސުކޫލުގައި ތިބޭއިރު ކުއްލިއަކަށް ޞިއްޙީގޮތުން ދިމާވާ ކަންތައްތަކުގައި އެހީތެރިވެދިނުން (ފަސްޓް އެއިޑް ދިނުމާއި، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހިއްޖެނަމަ، އެ އިންތިޒާމްތައް ހަމަޖެއްސުން ) - ސުކޫލުން ހަމަޖައްސާގޮތެއްގެމަތީން ދަރިވަރުންގެ އިސްކޮޅާއި ބަރުދަން ބަލައި، ރިކޯޑްތައް ބެލެހެއްޓުން. - ސުކޫލުން ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތަކުގައި ބޭނުންވާ ޞިއްޙީ ފަރުވާދިނުން. - ޞިއްޙީގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސުކޫލުތެރޭގައި ހިންގުން. - ސުކޫލުގެ ދަރިވަރުން ބޭނުންކުރާ ފާޚާނާތަކާއި، ބޯފެނުގެ ސާފުތާހިރުކަން ބެލެހެއްޓުން. - ދަރިވަރުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ސާމާނު ރައްކާތެރިކަމާއި ސާފުތާހިރުކަމާއެކު ބެލެހެއްޓުން. - ދަރިވަރުންނަށް ޞިއްޙީ ފަރުވާދިނުމަށް ބޭނުންވާ ތަކެތި ޕްރޮކިޔުމަންޓް ސެކްޝަނާ ގުޅިގެން ހޯދުން. - ސުކޫލުގައި ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.  | 
 މަޤާމުގެ މަސްއޫލިއްޔަތުތައް:  | 
||||
| 
 - ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރި އޮފީހުގެ ލިޔުމެއް. - ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތް ހުރިގޮތް ބަޔާންކުރާ ފޯމް" (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހަކުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމް ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)  | 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
||||
| 
 - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. - މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚްލާޤު. - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް، އިންޓަވިއު ޕެނެލަށް ސާބިތުކޮށްދެވޭ މިންވަރު.  | 
 މި ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:  | 
||||
| 
 މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މާރިޗު 3 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި މަދަރުސާގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.  | 
 ސުންގަޑި:  | 
||||
| 
 - މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 6 މާރިޗު 2016 އާއި 10 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި މަދްރަސަތުލް އިފްތިތާޙުގައެވެ. - މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.  | 
 އިންޓަވިއު:  | 
||||
| 
 އިތުރު މައުލޫމާތު ސާފުކުރުމަށް 6620009 ނަންބަރު ފޯނަށް ނުވަތަ 6620380 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  | 
 އިތުރު މަޢުލޫމާތު:  | 
||||
15 ޖުމާދަލްއޫލާ 1437
