މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ފުރުސަތު

އިޢުލާން

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ރަށުގެ ބަނދަރު ބައްތިތަކާއި މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
  2. މި ބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނުނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި ޖަމިއްޔާތަކާބެހޭ ޤާނޫނު (1/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
  3. މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު ބީލަމުގައި ރަޖިސްޓްރީކުރުމަށް ދައްކަންޖެހޭ އިދާރީ ފީ ދެއްކުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަން ޔަޤީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

       ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް: https://forms.gle/d2uvCTLCvDW5E3jr9

  1. މި ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 2026 އޮކްޓޯބަރ 25 ވާ އާދިއްތަ ދުވަހުގެ 13:00 އެވެ.
  2. ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮކްޓޯބަރ 25 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މާއުނގޫދޫ ކައުންސިލްގެ އިދާރާގައެވެ.
  3. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2026 އޮކްޓޯބަރ 29 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  4. ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ / ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން:          6540056

އީމެއިލް:   [email protected]                                            

20 އޮކްޓޫބަރު 2026
ހޯދާ