ދިވެހިރާއްޖެ
އިޢުލާން
ވިޔަފާރިއާއި އަދި ސިނާއީ މަސައްކަތް ކުރުމަށް ވަގުތީ ބިން ދޫކުރުން
މިއިއުލާނާއެކު ހިއްސާކުރެވިފައިވާ ޗާޓުގައިވާ ބިންތައް އެބިންތައް ޚާއްސަ ކުރެވިފައިވާ މަސައްކަތްތަކަށް އެއް އަހަރުގެ މުއްދަތަކަށް ކުއްޔަށް ނަގާނެ ފަރާތްތަކެއް ހޯދުމަށް އިއުލާން ކުރަމެވެ.
ކުއްޔަށް ދޫކުރެވޭ ބިންތަކުގައި ކުރެވޭނެ ވިޔަފާރި، ބިން ދޫކުރާ މުއްދަތު އަދި ހުށަހެޅޭނެ އެންމެކުޑަކުލި:
- މި ބިންތައް ބޭނުންކުރެވޭނީ ގުދަންކުރުމާއި، ސިނާއީ މަސައްކަތްތައް ކުރުމާއި އަދި ވިޔަފާރި ބޭނުމަށެވެ.
- ބިން ކުއްޔަށްނެގޭ މުއްދަތު: 01 އަހަރު ދުވަސް
- މި އިޢުލާނުގެ ދަށުން ދޫކުރެވޭ 500 އަކަފޫޓުގެ ބިންތަކަށް ހުށައެޅޭނެ އެންމެކުޑަ އަގަކީ އަކަފޫޓަކަށް -/2 ރުފިޔާއެވެ. ނަމަވެސް މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކަށް ވާދަވެރިކަމުގެ ތެރެއިން ބިޑް ކާމިޔާބުކުރުމަށް މިއަށްވުރެ މަތިކޮށް ކުލި ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވިފައެވެ.
ކުލި ހުށަހަޅާނެ ގޮތް:
- ފުރަތަމަ 6 މަސްދުވަހުގެ މުއްދަތުގައި ކުލި ނުހިގާނެއެވެ.
|
ބޭނުންވާ ބިމުގެ ނަމްބަރ |
ބިމުގައި ކުރާ ބޭނުން |
ޖުމްލަ އަކަފޫޓު |
ބިޑް ހުށައަޅާ ފަރާތުން ހުށައަޅާ ކުލި ( މަހަކަށް އަކަފޫޓަކަށް ) |
ޖުމްލަ އަގު |
|
|
|
500 އަކަފޫޓު |
|
|
- ކުލި ހުށަހަޅާނީ މަތީގައިވާ ތާވަލްގައި ދައްކައިދީފައިވާ ގޮތަށް ކުލި ބަޔާންކުރުމަށް ކަނޑައެޅިފައިވާ ގޮޅީގައި މަހަކަށް އަކަފޫޓަކަށް ދޭން ބޭނުންވާ ކުލި، ލާރި / ރުފިޔާ އިން ކުލި ޖަހައިގެން، މަހަކަށް ދޭންޖެހޭ ކުލި ޖުމްލަ އަކަފޫޓާއި ގުނަކޮށްގެން އެފަރާތަކުން ބިން ބޭނުންވާ ޖުމްލަ މުއްދަތުގެ ތެރެއިން ކުލި ނުހިނގާ 6 މަސްދުވަސް ކެނޑުމަށްފަހު، ބޮޑުފޮޅުދޫ ކައުންސިލަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ ފައިސާ ހިމަނައިގެންނެވެ.
- ބިޑް ހުށައަޅާ އެއްވެސް ފަރާތަކުން ކައުންސިލުން އަކަފޫޓަކަށް ފެށޭކުލި ކަމުގައި ކަނޑައަޅާފައިވާ އަކަފޫޓަކަށް -/2 ރުފިޔާ (ދެ ރުފިޔާ) އަށްވުރެ ކުޑަ ކުލި ހުށަހަޅާފަރާތްތަކުގެ ހުށަހެޅުން ކެންސަލް ކުރެވޭނެއެވެ.
އިވެލުއޭޓް ކުރެވޭނެ ކްރައިޓީރިއާ
- ކުލި 0
|
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
|
(Benchmark Price / Submitted Price) x Allocated Percentage |
v ކުއްޔަށްދޭ މާކްސް v މާކްސްދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ. |
100 |
ކުލި |
އަންދާސީހިސާބު ވަޒަންކުރާނެ މިންގަނޑު (ބިޑް އިވެލުއޭޝަން ކްރައިޓީރިއަރ)
ބިޑް ހުށަހެޅުން:
މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން އަގު ބަޔާންކޮށް 2026 އޮކްޓޫބަރ 29ވާ ބުރާސްފަތި ދުވަހުގެ 13:00ށް މި އިދާރާއަށް ވަޑައިގެން ބިޑު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ ބިޑުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2026 އޮކްޓޫބަރ 29ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.
އިތުރު މަޢުލޫމާތު:-
ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
އަބަދަށްފެހިމަގު، އއ. ބޮޑުފޮޅުދޫ، ދިވެހިރާއްޖެ،
ފޯން : 6660900
އަށް އީމެއިލް : [email protected]
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
20 އޮކްޓޫބަރު 2026
