ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީގެ ރިސެޕްޝަން އަށް ފަސްޓް ފްލޯގައި ހުރި ކޯލްސެންޓާރ ބަދަލު ކުރުމަށްޓާކައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި (IUL)23-PD(PMS)/23/2026/336 (29 ސެޕްޓެމްބަރ 2026) ނަންބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާތިލް ކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 19 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުން ފެށިގެން 28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ނޮވެންބަރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 01 ނޮވެންބަރ 2026 ވާ އާދިއްތަ ދުވަހު މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
08 ޖުމާދަލްއޫލާ 1448ހ
